ދިވެހި ސިނަމާ

އިންޑިޔާގެ މަޝްހޫރު ފިލްމީތަރި އަފްތާބް “ލޯބިވެވިއްޖެ” ބަލަން ރާއްޖެއަށް

ރައުފާ ރަޝީދު ، ދެން އޮންލައިން
ފޮޓޯ: ސަން އޮންލައިން

މިހާރު އޮލިމްޕަހުގެ ސްކްރީނުގައި ދައްކަމުން އަންނަ ދިވެހި ފިލްމް ''ލޯބިވެވިއްޖެ'' ބަލާލުމަށް އިންޑިޔާގެ މަޝްހޫރި ފިލްމީތަރި އަފްތާބް ރާއްޖެ އަށް އައިސްފިއެވެ.

Ads by Sosun Fihaara

އަފްތާބްގެ މި ދަތުރަކީ ''ލޯބިވެވިއްޖެ'' ގެ ޓީމްގެ ފަރާތުން އޭނާ އަށް ދިން ދަޢުވަތަކަށް އެ ފިލްމު ބަލާލުމަށްޓަކައި އައި ދަތުރެކެވެ. މިހާރުވެސް އޮލިމްޕަހުގައި ކާމިޔާބު ޝޯވތަކެއް ދައްކަމުން އަންނަ ''ލޯބިވެވިއްޖެ'' ބަލާލުމަށް އަފްތާބް ރާއްޖެ އައިސްފައި ވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުން އަފްތާބް އަށް މަރުޙަބާ ކީ ފިލްމްގެ ޕްރޮޑިއުސަރުން ކަމަށްވާ ޝާނީޒް ޢަލީ އާއި އާމިނަތު ޝަނާޒްގެ އިތުރުން ފިލްމްގެ ޑައިރެކްޓަރ ޢަލީ ސީޒަންއެވެ.

އޮލިމްޕަސް ސިނެމާއިން އަފްތާބް ދިވެހި އޯޑިއެންސާއި ބައްދަލުކުރާނެ ކަމަށް ''ލޯބިވެވިއްޖެ'' ޓީމްގެ ފަރާތުން މަޢުލޫމާތު ދެއެވެ. 

ދިވެހި ފިލްމް ލޯބިވެވިއްޖެ އަކީ 2020 ވަނަ އަހަރު ޑިސެމްބަރު 24 ވަނަ ދުވަހު ގދ. ތިނަދޫގައި ޝޫޓީންގ ފެށި ފިލްމެކެވެ. ފިލްމްގެ މަންޒަރުތައް ނަގާފައިވަނީ ގދ.ތިނަދޫ، މާލެ ސިޓީ ގެ އިތުން ސްރީލަންކާގެ ކޮލަމްބޯ އާއި ނުއަރަލިޔާގައެވެ.

ބޮޑު ބަޖެޓަކުން އުފައްދާފައިވާ މި ފިލްމުގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ފިލްމްގެ ޑައިރެކްޓަރ ޢަލީ ސީޒަންގެ އިތުރުން މަރިޔަމް ޢައްޒަ، އާމިނަތު ރިޝްފާ، އަޙުމަދު ޢީސަ (އާނަންދު)، ޢަލީ ޢާޒިމް (ދޮން އައްޔަ)، އަޙްމަދު ނިމާލް، ޢަބްދުﷲ ޝާފިޢު (ފުބޫ)، އާމިނަތު ނިޝާ (ނިޝްކޮ)، އިރުފާނާ އިބްރާހީމް (އެރޫ) ހަރަކާތްތެރިވެފައިވެއެވެ. 

މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ސްކްރީން ރައިޓަރ އަޙްމަދު ޒަރީރުއެވެ. ފިލްމު ކެމެރާ ކޮށްފައިވަނީ އިބްރާހީމް މޫސާ (ދަބަ)އެވެ. ޑައިރެކްޓްކުރީ ހުނަރުވެރި އެކްޓަރ އަދި ޑައިރެކްޓަރ އަލީ ސީޒަންއެވެ. ލޯބިވެވިއްޖެ ފިލްމަށް ބެކް މިއުޒިކް ތައްޔާރުކޮށްފައިވަނީ ޒުވާން މިއުޒިޝަން ފަތުހުﷲ ޝަކީލް ޙުސައިންއެވެ. 

މި ފިލްމްގެ ޖުމްލަ 8 ލަވަ ހިމެނޭ އިރު އެ ހުރިހާ ލަވަތަކެއްވެސް މިހާރު ވަނީ އެސް ޕްރޮޑަކްޝަންސްގެ ސައުންޑްކްލައުޑް އަށް އަޕްލޯޑް ކޮށްފައެވެ.  ފިލްމްގެ ލަވަތައް ކިޔާދީފައިވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ)، އިބްރާހިމް ޒައިދު ޢަލީ (ކުޑަ އިއްބެ)، މަރްޔަމް އަޝްފާ، ރާފިޔަތު ރަމީޒާ، ޙަސަން ޖަލާލް، މުމްތާޒު މޫސާ، މޯލްޑިވިއަން އައިޑަލްގެ ޖަޖުކަން ކޮށްފައިވާ އައްމަޑޭ އަދި އައިޑަލް އިން ވިދާލި މުއައްޒިންގެ އިތުރުން އަލީފް ޢަލީ އާއި ނަފްހާއެވެ. 

Ads by Ooredoo
  1. ނިރޮޅު

    ރާއްޖޭގެ މައްޗަށް އަތްގަދަކުރުމުގެ ޕްލޭންގެ ދަށުން ސަފީރުވިދާޅުވެގެން އައީ ދެން ކަލޭމެން ތިބޭ ހެވިފަ