ޚަބަރު

ފިޔަވަޅު އަޅަން ހިތަށް އެރުވުމަކީވެސް ކުށެއް: އަލީ އާޒިމް

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް މަސައްކަތް ކުރައްވާ އެމްޑީޕީ މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެ ޕާޓީން ބުނި ނަމަވެސް އެގޮތަށް ހިތަށް އެރުވުމަކީވެސް ކުށެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

Ads by MWSC

އާޒިމް ވިދާޅުވީ ގާނުން އަސާސީން މަޖިލިސް މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރުން ހުއްޓުވުމުގެ ގޮތުން ޕާޓީން އޭނާއާ ދޭތެރޭ ފިޔަވަޅު އަޅަން ހިތައް އެރުމަކީވެސް ކުށެއް ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުން ބައެއް އުނިވި މައްސަލައަކީ ޕާޓީގެ ސިޔާސަތުގައި އިހްތިޖާޖު ކުރަން ޖެހޭ ކަމެއް ކަމަށް ޕާޓީގެ ރައީސް ވިދާޅުވެފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

މެމްބަރުންނަށް ފިޔަވަޅު އެޅުމާއި ގުޅޭގޮތުން އެމްޑީޕީގެ ޗެެއާޕާސަންގެ ނައިބު (އިދާރީ) އަދި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ވަޙީދު ވިދާޅުވީ އެމްޑީޕީއަކީ އަސާސްތަކާއި، އުޞޫލުތަކުގެ ތެރެއިން ހިނގާ ޕާޓީއެއްކަމަށެވެ.

އަދި އެމްޑީޕީގެ އެއްވެސް މެންބަރަކާމެދު ފިޔަވަޅު އެޅޭނީ އަސާސީ ޤަވާއިދު ތަންދޭ ގޮތުގެމަތިން، ވަކި އިޖުރާޢަތްތަކެއް ފުރިހަމަ ކުރެއްވުމަށް ފަހުކަމަށްވެސް އިބްރާހީމް ވަޙީދު ވިދާޅުވިއެވެ.

Ads by HDC
  1. އަލިހޮއްކޮ

    ބޭރުކުރޭ ބޭރުކުރޭ މާލަސްވެއްޖެ! ތިޔަ ފިކުރު ފަކުރަށް ވެއްޖެ!

  2. ބޭބެ

    މިބޯގުރޫޕް ފރހނކޅ ދިރުވާ އާލާކުރާގުރޫޕް މީ މާ
    މަތިން ފޭބިބައެްްތަ؟ ވީހާއަވަހަށް އެނޖސ ގުރޫޕްބޭރުކުރޭ!
    ތިޔައީ ބޮޑުފަކުރެއް!