ވައްކަމުގެ ނެޓްވޯކަކަށް އެމްޑީޕީ ބަދަލުކުރުމުގެ ޒިންމާ، ރައީީސް ޞާލިޙު ނަންގަވަންޖެހޭ: އިންތި
ވައްކަމުގެ ނެޓްވޯކަކަށް އެމްޑީޕީ ބަދަލުކުރުމުގެ ޒިންމާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ނަންގަވަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ(އިންތި) ވިދާޅުވެއްޖެއެވެ.
އިންތި މިހެން ވިދާޅުވީ، އޭނާ ކުރެއްވި ޓްވީޓެއްގައެވެ. އެގޮތުން އޭނާ ވިދާޅުވީ، އެމްޑީޕީ ހަލާކުކޮށް، ޕާޓީއަށް އޮތް އިތުބާރު ގެއްލުވައިލުމުގެ ފިޔަވަޅު ހައްޤު ވަނީ ރައީސް ޞާލިޙަށް ކަމަށެވެ.
އިންތި ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ އޭނާއާއި އެމްޑީޕީގެ އިތުރު މެންބަރުންތަކަކަށް އެމްޑީޕީން ވަކިކުރާނެ ކަމުގެ ފަހުގެ އިންޒާރު ދިނުމަށް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމި މައްސަލައިގައެވެ.
ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓުތަކަށް ތްރީ ވިޕްލައިން ނެރެފައި ވަނިކޮށް ވިޕްލައިނާ ޚިލާފުވާ މައްސަލައިގައި އެމްޑީޕީގެ ޕީޖީން ގުރޫޕުން ފިޔަވަޅު އަޅައިދޭން ކޮމިޓީގައި އެދިފައިވާ މެމްބަރުންނަކީ، އިންތިގެ އިތުރުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަޠީފާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު ޢަބްދުއްލަޠީފެވެ.
ކޮމިޓީން އެ މައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ ޕާޓީން ވަކިކުރުމުގެ ކުރިން އެންމެ ފަހުގެ ފުރުސަތު އެ މެމްބަރުންމަށް ދިނުމަށެވެ.
އިންތި ވިދާޅުވީ މިއީ އެމްޑީޕީއަށް ކޮރަޕްޝަންގެ ވާހަކަ ދެއްކުން ބަންދުވި ފަސް އަހަރު ކަމަށާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ހަމަ ސުމެއް ކަމަށެވެ. އަދި ކޮރަޕްޝަން ހިންގުން މެކުހަށް ޖަހާފައިވާާ ކަމަށް ވެސް އިންތި ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ވައްކަމުގެ ނެޓްވޯކަކަށް އެމްޑީީޕީ ބަދަލުކުރުމުގެ ޒިންމާ ރައީސް ޞާލިޙް ނަންގަވަންޖެހޭ ކަމަށެވެ.
ޔާމީންގެ ސަޕޯޓަރުން ޝަކުވާ ކުރާތީ ޖަމީލް ރުޅިގަދަވެއްޖެ ނަމަވެސް އެއީ ރުޅިގަދަވުމެއް ނޫނޭ އަޕްސެޓް އަކީ އެއީ އަދި ރުޅިގަދަ ވުމަށް ކިޔާ ނަމެއް ނޫނޭ އެއީ ހިތާމަކުރަމޭ އެބަޔާން ކުރަނީ ރުޅިގަދަ ވުމަށް އިނގިރޭސިން ކިޔަނީ އެންގްރީ އާންމު ބަހުންނަމަ ނުވަތަ ފްރަސްޓްރޭޓެޑްއޭ ރާއްޖޭގެ މުޖުތަމައުގެ މައްސަލަ އަކީ ބްރޯކެން އިންގްލިޝް އިން ގިނަ މީހުން ވާހަކަ ދައްކާނީ ދަރިންނާއި ވެސް ދެން ކުދިންނަށް ވެސް އެގަހުކޭލެއް މިގަހުކޭލެއް ވަކިނުވެ މުޅި މުޖުތަމައު މިވަނީ ވާވައްދާފައޭ އަދި އަންހެން ކުދިން މާމޮޅު ބަޔަކަށް ވެގެން އެމެން އިނގިރޭސިން ޓެކްސް މެސެޖްސް ތަކަށް ޖަވާބުދޭއިރު ވެސް ގިނައީ ބްރޯކެން އިންގްލިޝްއޭ މިއަށް ވުރެން ރަނގަޅުވާނެއޭ މާދަރީ ބަހުން ވާހަކަ ދެއްކިއްޔާ ރަނގަޅަށް ދިވެހިން ވާހަކަ ދައްކަން ނޭގޭ ބަޔަކަށް ބޭރު ބަހަކުން ވާހަކަ ދައްކަން ނޭގޭނެއޭ އެއީ ޔަގީން ކަމެކޭ…
އެމްޑީޕީ ވައްކމުގެ ބޮޑު ނެޓްވޯކް، ވެލާނާގެއިން ވައްކަން ކުރުމުގެ ތަޢުޒީރީ އަދަބު ކަންޑައަޅާފައިވާ ބޮޑުމީހަކު ހުންނަ ޕާޓީއެއްތީ، އިންތި މެން ދައްކަން ހުރި ލޯނުގެ ދަރަނި ދައްކާބަލަ މާބޮޑަށް ހަޅޭ ނުލަވާ !