ޚަބަރު އިޖުތިމާޢީ

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ދ. ކުޑަހުވަދޫ / ދިލްކަޝްވިލާ، ޢަލީ ޢާތިފް ސާފީ (30އ) ކަމަށެވެ.

Ads by Sosun Fihaara

ފުލުހުން ވިދާޅުވީ ޢަލީ ޢާތިފް ސާފީ، މެއި 12 ވަނަ ދުވަހުން ފެށިގެން ޚަބަރެއް ނުވެ، ގެއްލިގެން އާއިލާގެ ފަރާތުން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައިވަނީ މެއި 15 ވަނަ ދުވަހުގެ ވަގުތެއްގައިކަމަށެވެ.

އަދި ޢަލީ ޢާތިފް ސާފީ ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން ފުލުހުންގެ ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މަޢުލޫމާތު ފޯރުކޮށް، ޢަލީ ޢާތިފް ސާފީ ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުން ކަމަށާއި ނަމަވެސް މިހާތަނަށް ފުލުހުންގެ އެކި ބަހާތަކުން ކުރެވުނު މަސައްކަތުން ޢާތިފް ހޯދިފައެއް ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ޢަލީ ޢާތިފް ސާފީ އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792052 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!