ޚަބަރު ސިޔާސީ

ރައީސް ޞާލިޙަށް ގައުމާއި ޕާޓީގެ މަސްލަޙަތުވެސް ނުހިފެހެއްޓުނު: ޖަމީލް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ގައުމާއި ޕާޓީގެ މަސްލަޙަތުވެސް ނުހިފެހެއްޓުނު ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

Ads by MWSC

ޖަމީލް މިފަދައިން ވިދާޅުވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފިޔަވައި "ފިކުރެއްގެ ދިރުމުގައި" އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން އެމްޑީޕީން ވަކިވުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ޖަމީލް ވިދާޅުވީ މިއަދު ކޮރަޕްޝަނުގެ ހާއްޔަކަށް މުޅި ދައުލަތް ގަންބާލި ރައީސް ޞާލީހް ދޫކޮށް އެތައް މެމްބަރުން ޕާޓީން ވަކިވެފައިވާ ކަމަށެވެ. އަދި ރައީސް ޞާލިޙަށް މިއަދު ގައުމާއި ޕާޓީގެ މަސްލަޙަތުވެސް ނުހިފެހެއްޓުނު ކަމަށާއި އިންތިޚާބު ބާއްވަން ރައީސް ޔާމީނުގެ ހުރިހާ ދައުވާތައް އަނބުރާގެނެސް މިނިވަން ކުރަންޖެހޭ ކަމަށް ޖަމީލް ވިދާޅުވިއެވެ.

މިހާތަނަށް އެގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނަޝީދާ އެކު މަސައްކަތް ކުރައްވާ އެމަނިކުފާނު ފެކްޝަނުގެ 12 މެމްބަރަކު މި އިސްތިއުފާގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ. މި ނިންމުން ނިންމީ، ފިކުރެއްގެ ދިރުމުގައި ހިމެނިވަޑައިގަންނަވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރުމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!