މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފެށުމުގެ ކުރިން، މައުލޫމާތު އެއްކުރަން އެމްޑީޕީގެ ޓީމުތައް ރާއްޖޭގެ ހުރިހާ ރަށަކަށް މިއަދު ފުރައިފިއެވެ.
އެމްޑީޕީން ވިދާޅުވީ ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ރިޔާސީ 2 ދައުރު ކާމިޔާބު ކުރުމަށް އެމްޑީޕީ ފަށާ ކެމްޕޭނަށް މަޢުލޫމާތު އެއްކުރުމަށް ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށަަކަށް އެމްޑީޕީގެ މެމްބަރުން މިއަދު ފުރާފައިވާ ކަމަށެވެ. އަދި މި މިދަތުރުގައި އަތޮޅުތަކުންވެސް މަންދޫބުން ގުޅިވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ވިދާޅުވިއެވެ.
މި ދަތުރުތަކުގެ މައިގަނޑު މަގުސަދަކީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމާއި މެނިފެސްޓޯއަށް މައުލޫމާތު އެއްކުރުން ކަމަށް އެ ޕާޓީން ވިދާޅުވިއެވެ.
އެމްޑީޕީން ރިޔާސީ އިންތިހާބުގެ ކެެމްޕޭން ފެށުމަށް ނިންމިއިރު ޕާޓީ ތެރޭގައި ބައިބައިވުން އުފެދި ބައެއް މެމްބަރުން ވަނީ ޕާޓީން ވެސް ވަކިވެފައެވެ.
މި މެމްބަރުން ޕާޓީ ދޫކޮށްލެއްވީ، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ޕާޓީން ވަކިކޮށް، އިތުރު ހަތަރު މެމްބަރަކު ވަކިކުރަން ފަހު އިންޒާރު ދީފައި ވަނިކޮށެވެ. އާޒިމް ޕާޓީން ވަކިކުރީބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރުމުންނެވެ.
ނަޝީދު ވިދާޅުވެފައި ވަނީ އެ މެމްބަރުންނާ މެދު ޕާޓީން ފިޔަވަޅު އެޅީ އަސާސީ ގަވައިދާ ޚިލާފަށް ކަމަށެވެ. އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި އެ ޕާޓީގެ ނައިބް ރައީސް މުހައްމަދު ޝިފާޒުއާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ހިމެނެއެވެ.