ޚަބަރު އިޖުތިމާޢީ

ވީނުވީއެއް ނޭނގިި ގެއްލުނު ކުޑަކުއްޖާ ފެނިއްޖެ!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ގެއްލިގެން ހޯދަމުން އަންނަ ކުއްޖާ

ވީނުވީ ތަނެއް ނޭނގިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުން ދިޔަ ޅ. ކުރެންދޫ / ހުދުފަޅު، ޢަބްދުއްނާފިޢު އިބްރާހިމް (17އ) ފެނިިއްޖެ ކަމަށް ފުލުހުން ބުނެފިިއެވެ.

Ads by Sosun Fihaara

ފުލުހުން މިރޭ ބުނީ ކުއްޖާ އަމިއްލައަށް މިރޭގެ ވަގުތެއްގައި ގެއަށް އައސްފައިވާކަމަށް ފުލުހުންނަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ. އަދި  އެކުއްޖާ ފެނުނު އިރު ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނިގޮތުގައި ޢަބްދުއްނާފިޢު އިބްރާހިމް ވީނުވީ ތަނެއް ނޭނގިގެން  އާއިލާއިން ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައިވަނީ މެއި 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި ޢަބްދުއްނާފިޢު އިބްރާހިމް ވީނުވީ ތަނެއް ނޭނގިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ފުލުހުންގެ ކަމާ ގުޅުންހުރި އެންމެހައި ބަހާތަކަށް އެކަމުގެ މަޢުލޫމާތު ފޯރުކޮށް، ޢަބްދުއްނާފިޢު އިބްރާހިމް ހޯދުމުގެ މަސައްކަތް ވަނީީ ކޮށްފައިކަމަށް ފުލުހުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!