ޚަބަރު ސިޔާސީ

ރާއްޖޭގެ ސިޔާސީ މަސްރަހު ބައްޓަންވަމުންދާ ގޮތާމެދު ވިސްނާ ފިކުރު ކުރަން ޖެހޭ: އިމްރާން

ރައުފާ ރަޝީދު ، ދެން އޮންލައިން
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

ރާއްޖޭގެ ސިޔާސީ މަސްރަހު ބައްޓަންވަމުންދާ ގޮތާމެދު ވިސްނާ ފިކުރު ކުރާންޖެހޭ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ތިއްބެވި ސިޔާސީގޮތުން އެންމެ ފުންނާބު އުސް ދެބޭފުޅުންގެ ބަސް ވިކޭ ޕާޓީއެއް ރާއްޖޭގައި ނެތޭ ހިސާބަށް ދިއުމަކީ މިއީ މިބަދަލާމެދު ދިރާސާ ކުރާމީހުން ވިސްނާ ފިކުރު ކުރާންޖެހޭ ކަމެއް ކަމަށެވެ.

އިމްރާން މިފަދައިން ވިދާޅުވެފައިވާއިރު އެމްއެންޕީ އުވައިލަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ވަނީ ނިންމާފައެެވެ. އެމްއާރްއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާތީ އެ އަދަދު ހަމަކުރުމަށް ދެ ފަހަރު ފުރުޞަތު ދިނުމުންވެސް ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށް ކޮމިޝަނަށް ހުށަހަޅާފައި ނުވާތީއެވެ.

މީގެ އިތުރުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އެމްޑީޕީ ދޫކޮށް އާ ސިޔާސީ ޕާޓީއެއް އުފެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުން އިސްވެ ތިއްބަވާ އުފައްދަވާ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިފައިވަނީ އާދިއްތަ ދުވަހުއެވެ. އަދި އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ނިންމާފައިވެއެވެ.

Ads by HDC
  1. ރާއްޖެއަށް އެންމެ ރަގަޅުވާނީ ހިލާފަތުގެ ނިޒާމެއް، މިފަހަރު މާމިގިލީ ޤާސިމް ހޮވާފަ ތަހުތުގައި ވަޑުވަންވީ !

  2. ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި އަމިއްލަ އެދުން ބޮޑު މީހުން މިވަނީ މިރާއްޖޭގައި ޕާޓީ ނިޒާމް ފެއިލް ކޮށް ރައްޔިތުން ފޫހިކޮށްފައި، ރައްޔިތުން ބޭނުމެއް ނުވޭ ސިޔާސީ ޕާޓީތަކެއް، ރައްޔިތުން ބޭނުންވަނީ ކެއުން ބުއިން އުނުފޭރާން ބޯހިޔާވަހިކަން ! އެއްވެސް ސިޔާސީ ޕާޓީއަކަށް އެންމެ ފުރިހަމަ ގޮތުގައި މިކަންކަން ފޯރުކޮށެއް ނުދެވުނު ! ބޮޑުތަނުން ސިޔާސީ މީހުން ވަނީ ފެއިލްވެފައި !