ޚަބަރު ސިޔާސީ

5300 މީހުންގެ ފޯމު އިލެކްޝަނަށް ވާނީ ހުށަހަޅާފަ: ފާރިސް

ރައުފާ ރަޝީދު ، ދެން އޮންލައިން

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަށް ސޮއި ކުރި 5300 މީހުންގެ ފޯމު ހުށަހަޅާާފައިވާނެ ކަމަށް އެ ޕާާޓީގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

Ads by MWSC

ޤާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަކުރުމަށް އެދި, ދެ ނޯޓިސް ދިނުމަށްފަހު އެ އަދަދަށް މެމްބަރުން ހަމަނުވުމުން އެ ޕާޓީ އުވައިލަން އިލެކްޝަން ކޮމިޝަނުން ނިންމުމާއި ގުޅިގެން އެމްއާރްއެމުން މިހާރު ބާއްވަމުންގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފާރިސް ވިދާޅުވީ އެ ޕާޓީން ދަނީ ވޭތުވެދިޔަ ދުވަސްތަކުގައްޔާއި އަހަރުތަކުގައި ވެސް އިލެކްޝަން ކޮމިޝަނާ ވަރަށް ގާތް ގުޅުމެއް ބާއްވަމުންގެންދަވާ ކަމަށެެވެ.

އަދި އެއާރްއެމަށް ލިބޭ މަޢުލޫމާތުތައް އެބޭފުޅޫންނާ ހިއްސާކުރައްވަމުންގެންދަވާ ކަމަށާއި މިހެން ކަންތައްތައް ދިމާވީ އިލެކްޝަންގެ ތެރޭގައި ހުރި މަސައްކަތްތަކަށް ބައެއް ފަރާތްތަކުގެ ނުފޫޒު ވަނުމުގެ ސަބަބުން ކަމަށާއި މިހާރުވެސް 5300 މީހުންގެ ފޯމު އިލެކްޝަނަށް ހުށަހަޅާފައިވާ ކަަމަށް ފާރިސް ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވާނަން. އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރުންގެ އަދަދު މިހާރުވެސް ވާނީ ހުށަހަޅާފަ. 5300 އަށްވުރެ ގިނަ އަދަދެއްގެ މީހުންގެ ފޯމު. އެހެން ނަމަވެސް އެކި މަރުހަލާގަ އަލުގަނޑުމެންގެ ޕާޓީން އެކި މީހުން އެކި ސަބަބުތަކާ ހެދި ކަމަށް ބުނެ ވަކިކުރަމުން ގެންދަނީ" ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ އެމްއާރްއެމް ވުޖޫދުގައި ބޭއްވުމަށް ބޭނުންނުވާ އެތަށް ބައިވަރު ސިޔާސީ ބޭފުޅުން މަސައްކަތްކުރަމުން ގެންދަވާ ކަމަށެވެ. އަދި މި ނޫފުޒު އެކި އިދާރާތަކަށް ކުރަމުންދާ ކަމަކީ ހިތާމަކުރާ ކަމެއް ކަމަށް ފާރިސް ވިދާޅުވިއެެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!