ޚަބަރު

ނާޒިމަށް ރިޔާސީ ޓިކެޓް ހަވާލުކުރުން މާދަމާ ރޭ

ރައުފާ ރަޝީދު ، ދެން އޮންލައިން

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމަށް ރިޔާސީ ޓިކެޓް އެރުވުމަށް ބާއްވާ ޖަލްސާ މާދަމާ ރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

Ads by MWSC

އެމްއެންޕީން ވިދާޅުވީ ނާޒިމަށް ޓިކެޓް ހަވާލުކުރުމާއި ކެންޕެއިން ލޯންޗުކުރުމަށް ބާއްވާ ހާއްސަ ޖަލްސާ މާދަމާ ރޭ 20:30 ގައި އޮންނާނެ ކަމަށެވެ. މި ޖަލްސާ އޮންނާނީ މާލޭގެ އާޓިފިޝަލްބީޗް ސަރަހައްދުގައެވެ.

ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ މައި ޕާޓީން ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ. އިދިކޮޅު ޕީޕީއެމްއިން ވާދަކުރަން ނިންމާފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނެވެ. ނަމަވެސް އެމަނިކުފާނު ގެންދަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

އިންތިޚާބުގައި ދެން ވާދަކުރައްވާނެކަމަށް އިޢުލާން ކުރައްވާފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއާއި، މިނިވަން ކެނޑިޑޭޓުންގެ ގޮތުގައި ޑރ.މުޙައްމަދު މުނަވަރުގެ އިތުރުން ޢުމަރު ނަޞީރެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!