ޚަބަރު ސިޔާސީ

އީސީގެ އެންގުމަށް އަމަލުކުރަން އެމްއާރްއެމް އިން އެދިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އިލެކްޝަންސް ކޮމިޝަނުން އެންގުމުން އެގޮތަށް އަމަލުކުރަން އެ ޕާޓީން އަންގައިފިއެވެ.

Ads by STELCO

އެމްއާރްއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ގަވާއިދާ ހިލާފަށް ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށެވެ.

އަދި އެކަން ސާބިތުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެ ކަމަށާއި އެމްއާރްއެމްގެ މެންބަރުންނާއި ތާއީދުކުރާ ހުރިހާ ފަރާތްތައް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް އިހްލާސްތެރި ކާމާއެކު ޝުކުރުދަންނަވާ، އިސްލާހީ މަސައްކަތުގައި ދެމިތިއްބެވުމަށް ދަންނަވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

“މި ޕާޓީގެ އެންމެހާ މެންބަރުންނަށާއި، ކޮމިޓީތަކާއި، ގުނަވަންތަކާއި، ގޮފިތަކަށް އެމްއާރްއެމްގެ ނަމުގައި މިވަގުތު ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް ދަންނަވަން” އެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްއާރްއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވުމާ ގުޅިގެންނެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!