ރިޔާސީ އިންތިޚާބު 2023: އަށް ޤައުމެއްގައި ވޯޓު ފޮށި ބަހައްޓަނީ
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އަށް ގައުމެއްގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ)އިން ވިދާޅުވެއްޖެއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބުގައި، ރާއްޖޭން ބޭރުގައި ދިރިއުޅޭ ވީހާ ގިނަ ރައްޔިތުންނަށް، ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، އަށް ޤައުމެއްގެ 9 ސިޓީގައި ވޯޓުފޮށި ބެހެއްޓުމަށް ނިންމަވައިފައިވާ ކަމަށެވެ.
150އަށް ވުރެ ގިނަ މީހުން ވޯޓުލާނަމަ، ވޯޓު ފޮށި ބަހައްޓާނެ ތަންތަން
އިންޑިޔާގެ ޓްރިވެންޑްރަމް، ނިއު ދިއްލީ
ސްރީލަންކާގެ ކޮލަމްބޯ
މެލޭޝިޔާގެ ކުއަލަލަމްޕޫރު
ސިންގަޕޫރު
އިނގިރޭސިވިލާތުގެ ލަންޑަން
ތައިލެންޑުގެ ބެންގކޮކް
އެކުވެރި ޢަރަބި އިމާރާތުގެ އަބޫދާބީ
ޖަޕާނުގެ ޓޯކިޔޯ
ހަބީބު ވިދާޅު ރީރަޖިސްޓްރޭޝަން ނިމުމުން މިޤައުމުތަކުގައި ވޯޓު ފޮށި ބަހައްޓާނެ ޢަދަދު ކަނޑައެޅިގެން ދާނެކަމަށެވެ.
ރިޔާސީ އިންތިޚާބުގައި 282755 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.