ޚަބަރު

ކައިޒީން އޭނާގެ ބައްޕައާ ދެކޮޅަށް ކުރާ ދައުވާ މަޑުޖައްސާލަން އަމުރުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގެ މަޝްހޫރު ސެލެބްރިޓީ ކައިޒީން، ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން އޭނާގެ ބައްޕައާ ދެކޮޅަށް ކުރާ ދައުވާގެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފިއެވެ.

Ads by STELCO

ހައި ކޯޓުގެ އަމުރުގައި ބުނެފައިވަނީ ގައިރު ހާޒިރުގައި ހުކުމް ކުރުމާ މެދު ހައިކޯތުން ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ސިވިލް ކޯޓުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފި ނަމަ އެ މައްސަލައިގެ ބޭނުން ކެނޑިގެން ހިނގައިދާނެ ކަމަށެވެ.

އެ މައްސަލަ ހައި ކޯޓުން ނިމެންދެން ސިވިލް ކޯޓުގެ ޝަރީއަތް މަޑުޖައްސާލުމަށް ހައިކޯޓުން މިއަދު ވަނީ އަމުރުކޮށްފައެވެ.

ބައްޕައާ ދެކޮޅަށް މިދިޔަ ޑިސެމްބަރު މަހު ކައިޒީން ކޮށްފައިވާ ދަޢުވާގައި ބުނެފައިވަނީ ބޯޓެއް ގަތުމަށް އޭނާގެ ބައްޕައަށް 3،600،000 ރުފިޔާ ހަވާލު ކުރުމުން އެ ބޯޓު ގަނެ، ބައްޕަގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާތީ ބޯޓުގެ މިލްކުވެރި ފަރާތަކީ ކައިޒީން ކަމާއި ބޯޓު އޭނާގެ ނަންމައްޗަށް ރަޖިސްޓްރީ ކުރުމަށް އެދޭ ކަމަށެވެ.

މި ދަޢުވާއާ ގުޅޭ ގޮތުން ކައިޒީންގެ ބައްޕަ ބުނެފައިވަނީ ވަގުތީ އަމުރަށް އެދި ހުށަހެޅި ހުށަހެޅުމުގެ އެއްވެސް ޤާނޫނީ އަސާސެއް ނެތް ކަމަށެވެ. އަދި ވަގުތީ އަމުރެއް ނެރެފި ނަމަ އުފުލަން ޖެހޭނީ ނުހައްޤު ތަކުލީފެއް ކަމަށާއި އިސްލާމީ ޝަރީޢަތުގައި ދަރިންގެ މުދާ މައިންބަފައިން ބޭނުންކުރުމާމެދު އައިސްފައިވާ ޙަދީޘް، މި މައްސަލައިގައި ކުރިމަތިވެފައިވާ ޙާލަތައް ތަޠުބީޤު ކުރެވިދާނެ ކަަމަށް ކައިޒީންގެ ބައްޕަ ބުނެފައިވެއެވެ.

ކައިޒީންގެ ފަރާތުން އެންމެ ފަހުން އެދިފައިވަނީ އެ ބޯޓު ކައިޒީންގެ ނަމަށް ބަދަލު ކުރުމަށާއި ބޯޓުގައިވާ ތަކެތި އޭނާއާ ހަވާލު ކުރުމުގެ އަމުރެއް ނެރުމަށެވެ. އެހެންނަމަވެސް ސިވިލް ކޯޓުން ނިންމީ އެކަމަކީ މައްސަލަ މައުޟޫއީ ގޮތުން ނިމިގެންދާއިރު ގޮތް ކަނޑައެޅިގެންދާނެ ކަންކަން ކަމަށްވާތީ އެފަދަ އަމުރެއް ނުނެރެވޭނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!