މީހުން މަރަން އުޅުމުގެ ތުހުމަތު މީހުންގެ ބޮލުގައި އެޅުވުމަކީ ބަލައިގަނެވޭނެ ކަމެއްނޫން: ޒައިދު

މީހުން މަރަން އުޅުމުގެ ތުހުމަތު މީހުންގެބޮލުގައި ފަސޭހައިން އެޅުވުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމުގައި ދީނީ ޢިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް މީހެއްގެ ބޮލުގައި އަނެކާ މަރާލަން އުޅުނު ކަމުގެ ތުހުމަތު ފާޅުކަން ބޮޑުކޮށް އެޅުމަކީ ކުރެވިގެން ވާނެކަމެއް ނޫންކަމަށެވެ.
އެއީ އެމީހަކު ޝާމިލުނުވާ އަދި ބައިވެރިވުމެއް ނެތްކަމަށްވާނަމަ އެއައިރަގަނެވެނީ އަނެކާގެ އަބުރަށް ކަމަށާއި މިފަދަ ދޮގު އިލްޒާމުތައް މީހުންގެ ބޮލުގައި އަޅުވާ މީހުންނާއިމެދު ހަރުކަށި އަދަބު ދޭންޖެހޭކަމަށްވެސް ޒައިދު ވިދާޅުވިއެވެ.
ޒައިދު މިފަދައިން ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ބައިވެރިވުމެއް އޮތް ކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ދެއްކެވި ވާހަތަކާއި ގުޅިގެން ކަމަށް ބެލެވެއެވެ.