ޚަބަރު ސަރުކާރު ސިޔާސީ

ބޮލީވިއާގެ ނިންމުން، ނަމޫނާއަކަށް ބަލަން ގޮވައިލައްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޔަހޫދީ އިޒްރޭލާއި ސިޔާސީ ގުޅުން ކަނޑައިލައިފައިވާ ބޮލީވިއާ ނަމޫނާއަކަށް ބެލުމަށް ޝެއިޚް އަލީ ޒައިދު ގޮވައިލައްވައިފިއެވެ.

Ads by STELCO

ޒައިދު މިކަމަށް ގޮވައިލެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރާއްޖެ ފަދަ އިސްލާމީ ޤައުމަކަށް، އެފަދަ ނިންމުމެއް ނިންމަން ނުކެރޭކަން ފާހަގަކުރައްވައި، ޒައިދު ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވިއެވެ.

ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި މަސައްކަތް ކުރަމުން އަންނަ "ހަމާސް" ޖަމާޢަތާއި ދެކޮޅަށް ކަމަށް ބުނެ، ޔަހޫދީން ޣައްޒާއަށް ބޮން އަޅައި، މިހައިތަނަށް 8،800އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ.

އިޒްރޭލާއި ގުޅުން ކަނޑައިލިކަން ބޮލީވިއާ އިން ހާމަ ކުރީ، އެ ޤައުމުގެ ސަރުކާރުން ނެރުނު ބަޔާނެއްގައެވެ.

މި ނިންމުމާއިއެކު، ބޮލީވިއާ ވެފައި ވަނީ މިފަހަރުގެ ޤަތުލުއާއްމާއި ގުޅިގެން އިޒްރޭލާއި އޮންނަ ސިޔާސީ ގުޅުން ކަނޑައިލި ފުރަތަމަ ޤައުމަށެވެ.

އެ ޤައުމުގެ ކުރީގެ ރައީސް އީވޯ މޮރޭލްސް، ވަނީ އިޒްރޭލަކީ ނިރުބަވެރި ދަޢުލަތެއް ކަމަށް ނިންމަން، މިހާރުގެ ސަރުކާރަށް ގޮވާލައްވައިފައެވެ.

"ބޮލީވިއާ ނަމޫނާ އަކަށް ނެގުމަށް މިހާރު އޮތް އެމް.ޑީ.ޕީ ސާރުކާރަށް ގޮވާލަން! އިޒްރޭލާ ގުޅުންކަނޑާލުމުގައި އެމީހުންނަށް ވީވަރުވެސް އިސްލާމީ ދައުލަތްތަކަށް ނުވުމަކީ ލަދުވެތިކަންބޮޑު ޢަމަލެއް! ޗީޗީ" ބޮލީވިއާ ނަމޫނާ އަކަށް ބަލަން ގޮވައިލައްވައި، ޒައިދު ވިދާޅުވިއެވެ.

އިޒްރޭލާއި ގުޅުން ކަނޑައިލަން، ޝެއިޚް ޒައިދު ގޮވައިލެއްވިއިރު، އިޒްރޭލުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވައިލައި ޕެޓިޝަނެއްގައި ވެސް އަންނަނީ ސޮއި ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!