Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޖޭޕީ އާއި އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓު ދިން ގިނަ މީހުން ތާއީދު ކުރަނީ މުއިއްޒުއަށް: ޒައިދު

ޖޭޕީ އާއި އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓު ދިން ގިނަ މީހުން ތާއީދު ކުރަނީ މުއިއްޒުއަށް: ޒައިދު

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ޖުމްހޫރީ ޕާޓީ އާއި މިނިވަން ކެންޑިޑޭޓުންނަށް ވޯޓު ދެއްވި ގިނަ ރައްޔިތުން، އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓު ދެއްވާނީ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒަށް ކަމަށް ޤަބޫލު ކުރެވޭ ކަމަށް ޝެއިޚު ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ިރިޔާސީ އިންތިޚާބުގައި ޖޭޕީގެ ފަރާތުން ޤާސިމް އިބްރާހީމް ވާދަ ކުރެއްވިއިރު، އަމިއްލަ ގޮތުން އުމަރު ނަސީރާއި، ފާރިސް މައުމޫނާއި، ޒަމީލު ވެސް ވާދަ ކުރެއްވިއެވެ. ކުރިން އެމްޑީޕީއަށް ތާއީދު ކުރެއްވި ނަމަވެސް، މިހާރު މުއިއްޒުއަށް ތާއީދު ކުރައްވާ ޝެއިޚު ޒައިދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ‏ޖޭޕީ އާއި އިންޑިޕެންޑެންޓް ކެނޑިޑޭޓްސް އަށް ވޯޓުދެއްވެވި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު، މިފަހަރު ވޯޓު ދެއްވަވާނީ މުއިއްޒަށް ކަމުގައި ޤަބޫލުކުރެވޭ ކަމަށެވެ.
"އެބޭފުޅުންގެ ތެރެއިން މިހާތަނަށް އަޅުގަނޑާ ބައްދަލުވީ ކޮންމެ ބޭފުޅެއްގެ ރައުޔުގައިވެސް ބެސްޓް ޗޮއިސްއަކީ ޑރ. ‎މުއިއްޒު." ޒައިދު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ، މި މަހުގެ 30 ވަނަ ދުވަހުއެވެ. މި ބުރުގައި ވާދަ ކުރައްވަނީ މުއިއްޒު އާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.    

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް