ޚަބަރު

މުއިއްޒު ދެވަނަ ބުރު އަދި މާ ފަސޭހަކޮށް ކާމިޔާބު ކުރައްވާނެ: ޒައިދު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އަދި މާ ފަސޭހަކޮށް ކާމިޔާބު ކުރައްވާނެ ކަމަށް އައްޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

Ads by MWSC

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަކަށް މުއިއްޒު އާއި ރައީީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ދަތުރު ކުރައްވައިފައެވެ. މުއިއްޒުއަށަ ލިބިވަޑައިގަތީ 101,100 ވޯޓެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި ރައީީސް ސާލިހަށް 85,809 ވޯޓު ލިބިވަޑައިގަތެވެ.

ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް ވިދާޅުވީ 2008 ވަނަ އަހަރުގެ ފުރަތަމަ ބުރުގައި ރައީސް މައުމޫން %45 ހޯއްދެވިއިރު ދެވަނަ ބުރު ކާމިޔާބުކުރެއްވީ ފުރަތަމަ ބުރުގައި %25 ހޯއްދެވި ރައީސް މުޙައްމަދު ނަޝީދު ކަމަށެވެ. އަދި 2013 ގެ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ނަޝީދު %47 ހޯއްދަވާފައިވަނިކޮށް ފަހަތުން އަރާ ދެވަނަ ބުރު ކާމިޔާބުކުރެއްވީ ފުރަތަމަ ބުރުގައި %25 ހޯއްދެވީ ރައީސް ޔާމީން ކަމަށެވެ.

މަހުލޫފުގެ މި ވާހަކައާއި ގުޅިގެން، ޝެއިހު ޒައިދު ވިދާޅުވީ، މިއީ 2008 އަދި 2013 އެއްވެސް ނޫން ކަމަަށާއި، މި މަހުގެ 30 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ދެވަނަ ބުރު މުއިއްޒު އަދި މާ ފަސޭހަކޮށް ކާމިޔާބު ކުރައްވަވާނެ ކަމަށެވެ.

ކާމިޔާބީގައި ހިތްތިރިކުރުމާއި ބޮޑާ ނުވުމާއި ޝުކުރުވެރިވުމުން ނަމޫނާ ދެއްކުމަށް ޒައިދު ވަނީ ގޮވާލައްވައިފައެވެ.

މުއިއްޒުގެ ކާމިޔާބީ ފާހަގަ ކުރުމަށް، އިދިކޮޅުން މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ރެލީއެއް ބާއްވާނެއެވެ.

Ads by HDC
  1. ކުލުނު

    ޝައިޚް ޒައިދު އިސްލާމްދީނަށާ ދިވެހިގަވްމާ ދިވެހިރައްޔިތުން ދެކެ ލޯބިފުޅުވާކަން ވ ރަނގަޅަށް ސާބިތުކޮއްދެއްވާފި ޝުކުރިއްޔާޒައުދު !

  2. ޢަދާލަތުގެ ލީޑާޝިޕް ގޯސްހަދާފައި ވާކަމާއި ލީޑާޝިޕް އިސްލާހުކޮށް ބަދަލް ކުރަންޖެހޭކަމަށް ގިނަ ރައްޔިތުން ދެކޭ، ޢަދާލަތު ޕާޓީގެ ލީޑާރޝިޕަކަށްވެސް އަބަދު ގޯސްހަދަހަދާ ނުތިބެވޭނެ، ދިވެހިރައްޔިތުން ވަނީ ގޯސް ހެއްދެވީމާ ރައީސް މައުމޫނު ނަޝީދު ، ވަހީދު ޔާމީނު ދުރުކޮށްފައި، އަދި ސޯލިހާއި ޢިމުރާން ވެސް ދުރުކުރާނެ 😆