މާާރާމާރީއެއް ހިންގައި، ކުޑަ ކުއްޖަކު ޒަޚަމް ކޮށްލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މާރާމާރީއެއް ހިންގައި، ކުޑަ ކުއްޖަކަށް އަނިޔާ ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މާރާމާރީއެއް ހިންގާފައިވާ ކަމަށް މިއަދު 17:20 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.
މާރާމާރީގައި އަނިޔާ ލިބުނު ކުއްޖާއަށް ވަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. އެ ކުއްޖާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުން އަންނަ ކަމަށެވެ.