ޚަބަރު

އެކްސިޑެންޓްގައި ނިޔާވި މީހާ ދުއްވީ ބާރު ސްޕީޑުގައި ނުބައި ލޭނުން: ފުލުހުން

ރައުފާ ރަޝީދު ، ދެން އޮންލައިން

ސިންމާލެ ބްރިޖް ހައިވޭގައި އެކްސިޑެންޓުވި މީހާ ސައިކަލު ދުއްވީ ގަވައިދާ ހިލާފަށް ކަމަށް ފުލުހުން ބުނެފިއެވެ.

Ads by Sosun Fihaara

މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ހުކުރު ދުވަހުގެ ރޭގެ 12:04 ހާއިރު ހުޅުމާލެއިން މާލެއަށް އާދެވޭ ހައިވޭ "ހަލިމަގު" ގައި ސައިކަލަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓް ހިނގާފައި ވަނީ ހަތަރު ފުރޮޅުލީ އުޅަނދު ދުއްވާ ލޭނުން ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް، އެ ލޭންގައި މަޑުކޮށްގެން އޮތް ޕިކަޕެއްގައި ޖެހިގެން ކަމަށެވެ.

އެ ޕިކަޕު އެ ސަރަހައްދުގައި އޮތީ އެ ރޭ 8:07 ހާއިރު ހައިވޭއަށް ހުއްޓިގެން އެތާ ބާއްވާފައި އޮތް ކާރެއް ނެގުމަށް ކަމަށާއި އެއީ ފުލުހުންގެ ޕިކަޕެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ލޭނުގައި ޕިކަޕް މަޑުކޮށްގެން އޮތީ ވެހިކަލް މަޑުކޮށްފައި އޮތްކަން އަންގައިދޭ ހަތަރު ސިގްނަލް ވެސް ޖައްސައިގެން ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓްގެ މައްސަަލަ އަދިވެސް ފުލުހުން ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ނެރުނު ބަޔާނުގައި ވަނީ އެކްސިޑެންޓްތައް މަދުކުރުމަށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތައް ދުއްވަން ޖެހޭ ސްޕީޑަށް ސަމާލު ވުމަށް އިލްތިމާސް ކޮށްފައެވެ.

Ads by HDC
  1. 4 ސިގްނަލް ޖެއްސުމަކުން ނުފުދޭ. ޙައިވޭ އެއްވީމަ ދުރިގަ ކޯންވެސް ޖަހަން ޖެހޭ. ފުލުހުން ކުއްވެރި ނުވާނެ. މަހާނަ ކޮމެގެން މައްޔިތާނަގާފަ ޖަލައް ގެންދޭ ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމުގެ ޒިންމާ އާއި ނުބައި ލޭނުން ދުއްވި ކަމަށް ދައުވާ ކޮއް