މަހަށް ގޮސް އުޅުނު މީހެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ

މަހަށް ގޮސް އުޅެނިކޮށް، މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ ބުޅި ހެރިފައިވަނީ ބ. ކުޑަރިކިލު "އައިލާ" ދޯނީގެ ފަޅުވެރިއެއްގެ ލޮލަށް ކަމަށާއި އެމީހާ އަކީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެގޮތުން މި ރިޕޯޓު ލިބުމާއި ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު 8:43 ހާއިރުއެވެ.