ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ ޖަގަހަ ހުރިތަނުގައި ޑިމޮކްރެޓްސްގެ ޖަގަހަ ހަދަން ނިންމައިފިއެވެ.
ޑިމޮކްރެޓްސް އިން އެ ތަނުގައި ޖަހަ ހަދަން ނިންމާފައިވަނީ އެތަން ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމާއެކު އެތަން ހުސްކުރުމަށް ނޯޓިސް ދިން ނަމަވެސް އެމްޑީޕީން އެތަން ހުސްކުރުމަށް ދެކޮޅުހަދައި ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.
އެ ބިމުގެ ވެރިފަރާތް ޝަފީޢާ ޒުބައިރު ދެންމެ ނޫސްވެރިންނާ ވާހަކަދައްކަމުން ބުނީ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ މިހާރު އެބިން ކުއްޔަށް ދިނުމާ ގުޅޭ އެއްބަސްވުމެއް ނޯންނާނެ ކަމަށެވެ.
މިއާއެކު ދަ ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަމްރު ހުސައިން ރަޝާދުވަނީ އެ ޖަގަހައަށް ވަދެފައެވެ.