ޚަބަރު

ރައީސް ޞާލިޙް ލަދުފުޅު ނުގަނޭތޯއޭ ހިތަށް އަރާ: ރައީސް ނަޝީދު

ރައުފާ ރަޝީދު ، ދެން އޮންލައިން

ޑިމޮކްރެޓްސް އަށް ސޮއިކުރެއްވި ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރ އަލީ ހާޝިމް (ސްމިތް) އާއި އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުޖުތަބާ މަޤާމުން ކުރުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފާޑުުކިޔައިފިއެވެ.

Ads by STELCO

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްމިތްގެ ގަދަ ހިއްވަރާއި މަޖާ މިޒާޖަކީ މުޅި އެމްޑީޕީގެ އެންމެ ބޮޑު ރަމްޒު ކަމަށެވެ. އަދި ސްމިތްއަކީ އެހެން ޒުވާނުންނެކޭ އެއް ފަދައިން އަނިޔާވެރިކަމާއި ދެކޮޅަށް ނިކުމެ މި ސަރުކާރު ގެނައުމަށް ވަރަށް މަސައްކަތް ކުރި ޒުވާނެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސްމިތްގެ ހިއްވަރު އަދި މާ ގަދަވާނެކަން ޔަގީން ކަމަށާއި ރައީސް ޞާލިޙް މިއަދު ސަރުކާރުން ވަކިކުރި މުޖްތަބާއަކީ މުޅި އިސްލާހީ ހަރަކާތުގަ އެންމެ ވަރުގަދަ އެއް ތަނބު ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

“ރައީސް ޞާލިޙް ލަދުފުޅުނުގަނޭތޯއޭ ހިތަށް އަރާ” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ މެމްބަރުން ޕާޓީން ވަކިވެގެން އުފައްދަން މަސައްކަތްކުރާ "ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރެއްވި އެހެން ބައެއް ބޭފުޅުން ވެސް ވަނީ ސިޔާސީ މަގާމުތަކުން ވަކިކޮށްފައެވެ.

Ads by Allied Insurance
  1. ތިޔަ ޕާޓީއަށް ގިނައިން ޖޮއިން ވަނީ މަސްތުވާ ތަކެތީގެ އަވާގައި ޖެހިފައިވާ މަސްތުގެ މީހުން ބުއްދި ހަމަޖެހޭ ހެޔުވިސްނޭ ބަޔަކު ނަޝީދުގެ ފަހަތަކަށް ނުދާނެ !

  2. ކޮރަކަލި

    މަނިކުފާނު ނުގަންނަ ލަދެއް ރައީސް އިބޫސޯލިހު ގަންނާކަށް ނުޖެހޭނެ ކަމަށް ދެކެނީ

  3. ހަސަނުގެ ދަރި ލަތީފް

    ތިމާގެ އަމިއްލަ ހާލާމެދު ފުރަތަމަ ވިސްނާލަ ބަލަ ޑިމޮކްރަސީގެ ބަފައޭ ކިޔައިގެން އަގަ ފުޅާކޮށްފަ މިހާރު ތި ގަންނަނީ ބުއްޅަ ކޮން ގަނޑެއްބާ ވެރިކަމައިގެން ދަންޖެހޭ ފައްކާ ޑިކްޓޭޓަރ އެއްގެ ގޮތްގަނޑު ތިޔަ ދައްކަނީ
    ދެން ބަޣާވާތް ކުރޭ ޢާއިލާއާ ގުޅިފަހުރި ކަމެއްނު އެއީ. ޟައުމޫނު މަރަން ފިސްތޯލަ ގެނައި ގްރޫޕެއްނު ތީ

  4. އަބްދޫ

    ނަސީދު ހިތަށް އަރާފަ ލަދުގަންނަން މާ ރަނގަޅުވީސް .3 އަހަރު ކުރެވުނު ގައުމުގެ ވެރިކަމުގަ ގައުމު ބަގުރޫޓް ވަނީ އޭ އައި އެމް އެފް އިން ބުނީމަ އިސްތިއުފާދީފަ އޭގެކުރިން ވަޑާންގެ އަކާއި ކުންފުންޏެއް ބަގުރޫޓް ކޮށްފަ. ހުރި މީހަކު އެއްފަހަރު ވެސް އެކަންކަން ހިތަށް އަރާނަމަ ދެނެ ވެރިކަމަށް އަންނަން ފޫގަޅާފަ ނޫޅޭނެ . އެހެން ނޫނީ ނާޖާއިޒް މަންފާ ލިބިލައްވާ މިންވަރު ގިނައީ އެކަން އެގޭނީ ނަސީދުގެ ނަމުގަ މޮރިސަސްގަ އާއި އިގިރޭސި ވިލާތުގަ ހުޅުވިފާހުރި ބޭން އެކައުންޓް ތަކުގެ ސްޓޭޓްމަންޓް ފެނިގެން. ކޮންމެ އަކަސް ނަސިދުގެ 3 އަހަރުވީ ވެރިކަމަކީ ގައުމަށް ބޮޑެތި ގެއްލުންދިން 3 އަހަރު.

  5. އަބްދޫ

    ނަސީދު ލަދެއްނުގަނޭތަ ؟ ނަސިދުގެ ސަބަބުން އެމީހުންގެ ވަޒީފާގެއްލުނީމަ ސާލިހްތޯ ލަދުގަންނަންޖެހެނީ އެމްޑީޕީގެ ރައިީސަކަށް ހުރެ އެމްޑީޕީ ފަޅިކޮށް ނަސީދު ބަގާވާތް ކުރީމަ ލަދުގަންނަން ޖެހެނީ ސާލިހް ބާ؟