ދުނިޔެ

އަންނަ އަހަރު ކުއާޑް ސަމިޓް އިންޑިއާގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުއާޑް ގެ ނަމުން ނަންދީފައިވާ ސަރަހައްދީ ބާރުތަކުގެ ގްރޫޕްގެ ސަމިޓް އަންނަ އަހަރު އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިފަހަރުގެ ކްރާޑް ބައްދަލުވުން ވަނީ ޖަޕާނުގެ ހީރޯޝިމާގައި ކުރިޔަށް ދިޔަ ގްރޫޕް އޮފް ސެވަން ނޭޝަންސް ސަމިޓްގެ ހަވާސާއަށް ބަދަލުކޮށްފައެވެ. މި ބައްދަލުވުން ބަދަލުކުރީ އެމެރިކާގެ ދަރަނީގެ ލިމިޓް ބޮޑުކުރުމާ ގުޅޭ ގޮތުން އެ ޤައުމުގައި ނުތަނަވަސްކަން ބޮޑުވެފައިވާތީ، އެމެރިކާގެ ރައީސް ޖޯ ބައިޑަން އޮސްޓްރޭލިއާއަށް ކުރައްވާ ދަތުރުފުޅު ފަސްކުރެއްވުމާ ގުޅިގެންނެވެ. ކުރިން މި ބައްދަލުބުން ބޭއްވުމަށް އޮތީ އޮސްޓްރޭލިއާގައެވެ.

ކްއާޑްގައި ހިމެނެނީ އިންޑިއާގެ އިތުރުން, ޖަޕާން, އެމެރިކާ އަދި އޮސްޓްރޭލިއާއެވެ.

މި އަހަރު ޖީ20ގެ ރައީސަކީ ވެސް އިންޑިއާއެވެ. އިންޑިއާގައި ޖީ20ގެ މެންބަރު ޤައުމުތަކުން ދަނީ އެކި ސްޓޭޓްގައި އެކި ފެންވަރުގެ ބައްދަލުވުންތައް ބާއްވަމުންނެވެ.

ކްއާޑްގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވީ, ކުއާޑް ގްރޫޕަކީ އިންޑޯ-ޕެސިފިކް ސަރަހައްދުގެ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މުހިންމު ބައެއް ކަަމަށެވެ. އަދި އެ ގްރޫޕްގައި ހިމެނޭ ޤައުމުތަކަކީ ދުނިޔޭގެ އިޤްތިޞާދަށް މުހިންމު ޤައުމުތަކެއް ކަމަށް ފާހަގަ ކުރައްވަމުން މޯދީ ވިދާޅުވީ, ރަނގަޅު ސަޕްލައި ޗެއިންއަކަށް އެ ޤައުމުތަކުގެ އެއްބާރުލުން މުހިންމު ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!