ޚަބަރު

އިތުރަށް ފޯމް ހުށަނޭޅީ މި ޕްރޮސެސްގައި ބޭނުންވަނީ ތިން ހާސް ފޯމް އެކަނި ކަމަށް ވާތީ: ޑިމޮކްރެޓްސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޕާޓީގެ ފޯމްތައް އިލެކްޝަން ކޮމިޝަންއާ ހަވާލު ކުރަނީ.. ދެން އިމޭޖްސް

ދަ ޑިމޮކްރެޓްސްގެ ނަމުގައި އަލަށް އުފަންދަން އިލެކްޝަނަށް ހުށަހެޅި ޕާޓީ ރެޖިސްޓްރީ ކުރަން 3,000 މެންބަރުންނާއެކު ފޯމް ހުށަހަޅާފައިވަނީ އެކަމަށް ބޭނުންވަނީ އެދަދަށް ކަމަށް އިލެކްޝަނުން އެންގުމުން ކަމަށް އެ ޕާޓީން ބުނެފިއެވެ.

Ads by STELCO

މަދު މެންބަރުންކޮޅަކާއެކު ޕާޓީ ރެޖިސްޓްރީ ކުރަން ހުށަހެޅީ ކީއްވެގެންތޯ “ދެން”އިން ސުވާލު ކުރުމުން އެ ޕާޓީގެ އޮފިޝަލަކު ވިދާޅުވީ, މި ޕްރޮސެސްގައި ބޭނުންވަނީ 3,000 މެންބަރުންކަމަށް އިލެކްޝަން ކޮމިޝަނުން އަންގާފައިވާ ކަމަށާއި, އިތުރަށް ހުށަހެޅި 650 ފޯމަކީ ބެކްއަޕްގެ ގޮތުގައި ހުށަހެޅި ފޯމް ކަމަށެވެ.

”އެ ބޭފުޅުން އެބަ ވިދާޅުވޭ, 3000 ސައްޙަ ފޯމް ޕްރޮސެސްކޮށް ނިމުމުން, ދެން މި ޕްރެސެސްއަށް އިތުރު ފޯމް ކޮންސިޑާ ނުކުރައްވާނަމޭ. 650 ފޯމް އިތުރަށްލީ ބެކްއަޕްއަކަށް” އޮފިޝަލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ, ޕާޓީ އުފައްދަން ހުއްދަ ދިންހާ އަވަހަކަށް އިތުރު ފޯމްތައް ހުށަހަޅާނެ ކަމަށެވެ. އަދި 3,000 ހަމަވެފައި ބާކީ ހުންނަ ފޯމްތައް ޕާޓީ ރެޖިސްޓްރީ ކުރުމަށްފަހު ދަފްތަރު ކުރައްވާނެ ކަމަށް އިލެކްޝަނާ ހަވާލާދީ އޮފިޝަލް ވިދާޅުވިއެވެ.

Ads by Allied Insurance
  1. ފޮނިކަލޯ

    ނެތް އެއްޗެއް ނުފޮނުވޭނެ ނޫންތޯ؟؟؟

  2. އަލީބެ

    މިހާރު ތިބޭނީ މިހެދުނު މޮޔަ ހީވެފައެވެ. އަދި ރިޔާސީ އިންތިޚާބާއި މަޖްލިސް އިންތިޚާބުން ބޮޑުތަނުން ފެއިލްވާ ހިސާބުން މައުމޫނު ޕާރޓީއަށް ވީވަަރުވެސް ނުވާނެއެވެ. ތިޔަ ދެވުނީ ބަޔަކަށް ހާދަ ބޮޑު ލަޑެކެވެ. އެމްއެންޕީ އަށް ވުރެންވެސް ތިޔަޕާރޓީ އަށް ލިބޭނެ ވޯޓް މަދުވާނެއެވެ.

  3. ރަޝީދުބެ

    އިތުރަށް ފޯރމް ހުށަނޭޅީ އިތުރު ފޯރމެއް ނެތީމައެވެ. އަދި އިތުރަށް ލިބެންވެސް ނެތީމައެވެ. ތިޔައީ އެންމެ ޑިމޮކްރަޓިކް ކަން ނެތް ޑިމޮކްރެޓިކް ޕާރޓީއެވެ.

  4. އަބްދޫ

    މިހާރު ސޮއިކުރި އަދަދު ގަނަދުވަސްތަކަކަށް ލަސްކުރީވެސް ފޯމް މަދުވެގެން އހަރުމެން ބޮލަށް ޗިޕެއް ނުޖެހޭނެ

  5. އައިމިނަ

    އެމްޑީޕީގެ މަސައްކަތަކާއި ނުލައި އެ ޕާރޓީގައި ތިބި ފީ ހޮވާލާ، ޕާރޓީ އިން ބޭރު ކޮށްދެއްވި ކަމައްޓަކައި ރައީސް ނަޝީދަށް ޝުކުރުވެރިވުން ހައްގެވެ. އޭގެ ތެރަެގައި ތިބި ރައްޔިތުން އެންމެ ނަފްރަތުކުރާ ހުރިހާ އެންމެން އަމިއްލައަށް ބޭރުވެ ޕާރޓީ ސާފުވީއެވެ.