އައްޑޫގައި ބޭބެ މަރާލި މައްސަލާގައި ކޮއްކޮ އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ
އައްޑޫ ސިޓީގައި ވަޅިން ހަމަލާދީ ޒުވާނަކު މަރާލި މައްސަލާގައި އޭނާގެ ކޮއްކޮ ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަރަދޫފޭދޫގައި 27 އަހަރުގެ ޒުވާނަކު މަރާލި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ.
އައްޑޫގައި ރޭ ހިނގި މި ހާދިސާގަި ބޭބެ ގަޔަށް ތޫނު އެއްޗެއް ހަރައި މަރައިލީ، މަސްތުވާތަކެތީގެ މައްސަލައެއްގައި އުފެދުނު ދެބަސްވުމެއްގެ ތެރެއިންނެވެ.
އެ ހާދިސާގައި އަނިޔާވި 27 އަހަރުގެ މިހާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައެވެ.
Ads by Allied Insurance