ޚަބަރު ސިޔާސީ

އަޅުގަނޑަކީ މަޖިލީހުގެ ރައީސަކަށް ހުންނަން ޖެހޭ މީހާ: ގާސިމް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

2018 ވަނަ އަހަރު އިިންތިހާބަށް ހެދި ކޯލިޝަން އެއްބަސްވުމުގައި އޮތް ގޮތުންނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުންނަ ޖެހޭ މީހަކީ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިއަދު ވީޓީވީގެ ހަބަރަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ އެ އެއްބަސްވުމުގައި ވާގޮތުން މަޖިލީހުގެ ކޮމިޓީއެއްގެ މުޤައްރިރުކަން ނުވަތަ ނައިބު މުޤައްރިރުގެ ކަން ވެސް އެމަނިކުފާނަށް އޮންނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑަކީ އަޅުގަނޑުމެން ހެދި އެއްބަސްވުމުގައިވާގޮތުން ކޮންމެ ގޮތަކަށް މަޖިލީހުގެ އިންތިޚާބު ނިމިގެން ދިޔަސް, ކޯލިޝަނަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެންދާކަމަށް ވަންޏާ, އިކްލޫޑިން އެމްޑީޕީ, އަޅުގަނޑަކީ މަޖިލީހުގެ ރައީސަކަށް ހުންނަން ޖެހޭ މީހާ" ގާސިމް ވިދާޅުވިއެވެ.

މިއަދު ދެއްވި އިންޓަވިއުގައި ގާސިމްވަނީ ދިވެހި ރާއްޖޭގެ ވެރިކަމުގައި އިތުރު މީހެއް ހުންނަން, ކުރީގެ ރައީސް, މުޙައްމަދު ނަޝީދު ބޭނުންފުޅުވެ ނުލައްވާނެ ކަމަށް ވިދާޅުވެ, އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މިގޮތުން ޤާސިމް ވިދާޅުވީ, ރައީސް ނަޝީދާއިއެކު ކުރެވުނު މަޝްވަރާތަކުގައި ހުށަހެޅުމެއްވެސް ހުށަހެޅި ކަމަށާއި, ހުށަހެޅި ކަރުދާހުން ފެނުނީ ރައީސް ނަޝީދު ވެރިކަމަށް ގެނައުމަށް ގުރުބާން ކުރާ މީހެއްގެ ގޮތުގައި ކަމަށެވެ. އަދި ނަޝީދުގެ މަޤުސަދަކީ އެމްޑީޕީ ހަލާކު ކުރީ ޤާސިމް އަޑީގައި ހުރެގެން ކަމަށް ދެއްކުންކަމަށެވެ. ނަމަވެސް އެޖާގަ ދިނުމަށް ބޭނުން ނުވާކަމަށް ޤާސިމް ވިދާޅުވިއެވެ.

  1. ކަނޑުވަގުދޯ

    ގާސިމް ކޯއްޗެއް ހިތަށް އަރައިގެންތޭ ކަނޑުކޮހުން ދައްކާ ޒާތުގެ ވާހަކަ ދައްކަނީ ބަލަގަ ގާސިމް ވެރިކަން ބަދަލުކުރަން ފަންޑްކޮށްގެން ދެއުއިޅި އެއް ނުވާ އިމްރާން އަށް 10 މިލިއަން ރުފިޔާ ދީގެން އެއިރު އޮތް ޓައިޓޭނިއަމް ޕްލޭޓެޑް ވެރިކަން ބަދަލު ކުރަން ރާއްޖެތެރޭން މާލެ އަށް މީހުންނަށް ފަައިސާ ދީގެން ގެނެސްގެން މަގުމަތީގައި ހިނގާލުމެއް ބާއްވާ އަދި ހިނގާލުން ނިންމާލުމަށް ފަހު ފުލުހުންނާއި ކުރިމަތިލި ގޮތަށް ދިވެހިން ބާއްވާ ޖަލްސާ އެއް ގައި އެކަން އެގޮތަށް ނުވާނެއޭ ގާސިމް ވެސް ތިޔާއީ ކަނޑުވިއްކާލި ކަޓްގެ 500 މިލިއަން ޑޮލަރުން ބައިއެޅި ބޮޑުވަގެކޭ ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު ކަނޑުވިއްކާވަގު

  2. ވާނެއޭ

    ރާއްޖޭގެ ކަނޑުވިއްކާލުމުގެ ވާހަކަ އަކީ ދެން ފިތުނަ ފަސާދަ އުފެއްދުން ކަމަށްވާނަމަ އަނދިރި އަނދިރިން ރާއްޖެ އަށް އަރާ ރާއްޖެ ހިފިވާހަކަ ދައްކާނީ ވެސް އެއީ ހަމަ ފިތުނަފަސާދަ ދޯ ގާސިމް ބުނާނެ ޖޭޕީގެ ކޮންގްރެސް އިންނޭ ހުރިހާ ކަންކަން ނިންމާނީ ދެން ކޮންގްރެސް އޮތްވާ ކޮންގްރެސް އަށް ވާނުވާ ވެސް އަންގާ ނުލާ ވަޓްސް އެޕް މެސެޖަކުން ޗާގޯސް ކަނޑުވިއްކާލި ޖަލްސާ އަށް ނުދާން ގާސިމަށް އެކަނި ނިންމޭނެތޭ ނުނިންމޭނެއޭ އެވާނީ ސީދާ މުތުލަޤު ބާތިލް ނިންމުމަށޭ ވާނެއޭ ވާނެއޭ ވާނެއޭ…

  3. މަލަސް

    މަޖިލީހުގެ ރައީސް ކަމުގަ ހުންނަން ޖެހޭމީހާ މިވަގުތު ރައީސް ކަމުގަ އެހުންނެވީ ނޫނޭ އަމިއްލަ އެދުންބޮޑު ސައުދާގަރެއްމީ މީ ދެން ފުކެއްބޮޑުވަރު

    • ނަޝީދު

      ޢަމިއްލަ އެދުނ ބޮޑު މީހެއް މަޖިލީހުގެ ރައީސް ކަމުގައި މިއަދު ހުރީ