ގެއްލުން ލިބުނީ ރައީސް ޞާލިޙް ހުއްދަ ނުހޯދާ ސިޓީ ފޮނުއްވުމުގެ ސަބަބުން: ނާޒިމް
އިމުގެ މައްސަލާގައި ރާއްޖެއަށް ގެއްލުން ލިބުނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހުއްދަ ނުހޯދާ ސިޓީ ފޮނުއްވުމުގެ ސަބަބުން ކަމަށް މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އަދި އެމްއެންޕީގެ ލީޑަރު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މިރޭ ކުރިޔަށްދާ ޗާގޮސް ކޯލިޝަންގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކާނަލް ނާޒިމް ވިދާޅުވީ ޤައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި ރައީސްއަށް ސިޓީ ފޮނުއްވޭނީ ހުއްދައެއް ހޯދުމަށްފަހު ކަމަށެވެ.
“ރައީސް ޞާލިޙް ސިޓީ ފޮނުއްވީ ހުއްދަ ހޯއްދެވުމަކާއި ނުލާ. ގެއްލުންތަކެއް ލިބިގޮސްފައިވަނީ ރައީސް ހުއްދައެއް ހޯއްދެވުމަކާއި ނުލައި ސިޓީއެއް ފޮނުއްވުމުގެ ސަބަބުން” ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެތަނަށް ނިކުމެ ތިބީ މަސްކަނޑުތައް އަނބުރާ ހޯދަން ކަމަށެވެ. އަދި ހުރިހާ ޕާޓީތަކުގެ ވެރިންނާއި ރައްޔިތުން ނިކުމެ ތިބީ ހުރިހާ ކުލަތަކާއި ފިކުރުތައް ދޫކޮށް އެންމެން އެކަތިގަނޑެއްގެ ގޮތުގައި ކަމަށް ނާޒިމް ވިދާޅުވިއެވެ.
“އަޅުގަޑުމެން ހޯދާފަ ނޫނީ ވަދެގެން ނުވާނެ. އަޅުގަޑުމެން މިތާ މިތިއްބެވި ހުރިހާ ޕާޓީތަކުގެ ވެރިންނާ ތި އެންމެހާ ބޭފުޅުން މިތިބި އަޅުޑުމެންގެ ހުރިހާ ކުލަތަކާއި ފިކުރުތައް ދޫކޮށްފަ. އަަޅުގަޑުމެން މިތިބީ އެކަނިގަޑެއްގެ ގޮތުގައި މިތާގަ” ނާޒިމް ވިދާޅުވިއެވެ.