ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ނުރައްކާތެރި ރޭލު އެކްސިޑެންޓް، އަވަަށްޓެރި އިންޑިއާގައި ހިނގައިފިއެވެ.
އިންޑިއާގެ ބާލަސޯރު ސިޓީގައި ދެ ފަސިންޖަރު ރޭލަކާއި މުދާ އުފުލާ ރޭލެއް ޖެހި ހިނގި މި އެކްސިޑެންޓްގައި 200 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވިއެވެ.
ހުކުރު ދުވަހު އިރުމަތީ އޮޑިޝާ ސްޓޭޓްގައި ހިނގި މި ކާރިސާއާ ގުޅިގެން ސްޓޭޓްގެ ޗީފް ސެކްރެޓަރީ ޕްރަދީޕް ޖެނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި ހާދިސާގައި 233 މީހުން މަރުވެ 900 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
ޖެނާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ޓީމުތަކުން ބޮޑު ރެސްކިއު އޮޕަރޭޝަނެއް ކުރިއަށް ގެންދާއިރު، މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
އެ ތަނުން ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ހަލާކުވެފައިވާ ރޭލް ކެރެޖުގެ ތެރެއިން ސަލާމަތްވި މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ދަނީ ކުރަމުންނެވެ.
ހުކުރު ދުވަހު ކުރި ރެސްކިއު މަސައްކަތުގައި 115 އަށް ވުރެ ގިނަ އެމްބިއުލާންސާއި ފަޔަރ ސަރވިސްގެ ގިނަ ޔުނިޓްތަކެއް ހިމެނޭކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ޖެނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރޭގަނޑު ގާތްގަނޑަކަށް 500 ޔުނިޓްގެ ލޭ ނަގާފައިވާ ކަމަށާއި މިހާރު ސްޓޮކްގައި ހުރީ 900 ޔުނިޓް ކަމަށެވެ.
"މިކަމުގެ ސަބަބުން އެކްސިޑެންޓްގައި ހާލުގައި ޖެހުނު މީހުންނަށް ފަރުވާ ދިނުމަށް މަގުފަހިވެގެންދާނެ. ލޭ ހަދިޔާކުރި ހުރިހާ ވޮލަންޓިއަރުންނަށް ޝުކުރު އަދާކުރަން،" އޭނާ ލިޔުއްވާފައިވެއެވެ.
ސީއެންއެންގެ އެފިލިއޭޓް ނިއުސް 18 އަށް ދެއްވި އިންޓަވިއުއެއްގައި ޖެނާ ވިދާޅުވީ، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައި ނުވާ ކަމަށާއި މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދެނީ މިހާރު ކުރިއަށްދާ ރެސްކިއު އޮޕަރޭޝަންތަކަށް ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަނީ ހަމައެކަނި އިތުރު ޑޮކްޓަރުން، އެމްބިއުލާންސް، ބަސް ފޮނުވުމުގެ މަސައްކަތް، އެހެންވީމަ އެ ހުރިހާ ކަމެއް އަޅުގަނޑުމެން މި ކުރަނީ."
އިންޑިޔާގެ ރޭލް ނެޓްވޯކް، ދުވަސްވީ، އުމްރާނީ ވަސީލަތްތަކާއި މެއިންޓެނެންސް ދަށްވުމުގެ ސަބަބުން މިފަދަ އެކްސިޑެންޓުތައް ދިމާވެއެވެ.
2016 ވަނަ އަހަރު، އުއްތަރަ ޕްރަދޭޝްގެ އުތުރުގެ ސްޓޭޓެއްގައި ހިނގި އެކްސިޑެންޓެއްގައި 140 އަށް ވުރެ ގިނަ މީހުން މަރުވި އިރު، ހުކުރު ދުވަހު ހިނގި އެކްސިޑެންޓުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 2016 ވަނަ އަހަރު ހިނގި ނުރައްކާތެރި އެކްސިޑެންޓަށް ވުރެ މައްޗަށް ގޮސްފައެވެ.
ދެފަސިންޖަރު ރޭލަކާއި
ދެމުދާ އުފުލާ ބަހަކާއި
ހަތަރު އަތްގަނޑުލީ އަދުރާދަ ގޮނޑިއަކާއި
ދެބޯގެރިއަކާއި
ނަމުގެ ކުރިއަށް އިތުރު އަންނައިރު ” ދެ” މިގޮތަށް އަދަދު އިތުރުވެފަ އިނުން އަންނަނީ އަބަދުވެސް އެކަށްޗެއްގެ ދެ އައިޓަމެއް ހުރެގެން
މިސާލަކަށް
ދެބޯދޫނި
ތިންފައި ޖެހި ގޮޑި
ދެއެއްޗެއް ވިއްޔާ އަންނާނީ
މުދާއުފުލާ ދެރޭލު
އަތްގަނޑުލީ ހަތަރު ގޮޑި