ތިނަދޫ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

ގދ. ތިނަދޫ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ދެންމެ ވިދާޅުވީ ތިނަދޫ ގެެއެއްގެ ތެރޭގައި 48 އަހަރުގެ ބިދޭސީއަކު ނިޔާވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ.
އޭނާ ފެނިފައިވަނީ މިއަދު 13:30 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދިި ލިބިފައިނުވެއެވެ.