ޚަބަރު

ޗައިނާގެ ލޮލުގެ ޑޮކްޓަރުންގެ ޓީމެއްގެ ފަރާތުން ދިވެހި ރައްޔިތުންނަށް ޚާއްސަ މެސެޖެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

ޗައިނާ-ދިވެހިރާއްޖެ އޮޕްތޮމޮލޮޖީ ސެންޓަރުގެ، ޗައިނާގެ ޑޮކްޓަރުންގެ ފަރާތުން ޚާއްސަ މެސެޖެއް ދިވެހި ރައްޔިތުންނަށް ދެއްވައިފިއެވެ.

Ads by STELCO

ޗައިނާގެ ޑޮކްޓަރުންގެ ފަރާތުން އާއްމު ކޮށްފައިވާ ސިޓީއެއްގައި ބުނީ، އެމީހުންނަކީ ޗައިނާގެ އެންމެ މަޝްހޫރު ޒޮންގްޝާން އޮޕްތަލްމިކް ސެންޓަރ، ސަން ޔަޓް-ސެން ޔުނިވަރސިޓީގެ ޑޮކްޓަރ އެން.ޑީ ޢަބްދުالله ޢަބްދުލްޙަކީމް އޮޕްތަލްމޮލޮޖީ ސެންޓަރުގައި ތިއްބެވި ޗައިނާގެ ޑޮކްޓަރުން ކަމަށެވެ.

އަދި ޑރ.އެން.ޑީ ޢަބްދުالله ޢަބްދުލްޙަކީމް އޮޕްތަލްމޮލޮޖީ ސެންޓަރަށް ޒިޔާރަތްކުރާ ޕޭޝަންޓުންގެ ކިބައިން ކުޑަކުދިންނާއި، ޒުވާން އުމުރުގެ މީހުންނާއި، އުމުރުން ދުވަސްވީ މީހުން ލޮލުގެ ބަލިތަކަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަން ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

“ރާއްޖޭގައި ބައެއް ކުޑަކުދިންނާއި ޒުވާން އުމުރުގެ ކުދިންގެ ކިބައިގައި ރަނގަޅު އާދަތަކެއް އުފެދިފައި ނުވާތީ، އާންމު ދިރިއުޅުމާއި ކިޔެވުމުގައި އިލެކްޓްރޯނިކް ވަސީލަތްތައް މާ ގިނައިން ބޭނުންކުރުމުގެ ސަބަބުން މަޔޯޕިއާ ގެ ނުރައްކާ ވަރަށް ބޮޑު” އެ ސިޓީގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ގިނަ މަޔޯޕިކް ކުދިންނަށް އެކަށީގެންވާ މެޑިކަލް ރިފްރެކްޝަން އަދި ސްޓޭންޑަޑް އޮޕްޓިކަލް ކަރެކްޝަން ނުލިބުމުގެ ސަބަބުން އެކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް ބުރޫ އަރާނެ ކަމަށާއި ރާއްޖެއަކީ އިންޓެންސް އަލްޓްރާވައިލެޓް ރޭޑިއޭޝަންގެ ޝިކާރައަކަށްވެފައިވާ ޤައުމެއް ކަމަށް ބުނެފައިވެއެވެ.

އަދި ހަރުދަނާ އަލްޓްރާވައިލެޓް ރޭޑިއޭޝަނާއި ހަކުރު އެކުލެވޭ ކާބޯތަކެތީގެ ބާވަތްތައް ކެއުން ގިނަވުމަކީ އުމުރުން ދުވަސްވީ ދިވެހިންގެ މެދުގައި ލޮލުގެ އަނދިރިކަން ހުންނަ ބަލިތައް ކަމަށްވާ ކެޓަރެކްޓްސް އާއި ޑައިބެޓިކް ރެޓިނޯޕެތީ ފަދަ ބަލިތައް ޖެހުމަށް އެކަށީގެންވާ ކަމެއް ކަމަށް ވެސް ސިޓީގައި ބުނެފައިވެއެެވެ.

މީގެ އިތުރުން، ލޮލުގެ ޗެކަޕް ގަވާއިދުން ހެދުމުގެ މުހިންމުކަން އުމުރުން ދުވަސްވީ ގިނަ މީހުންނަށް ނޭނގޭ ކަމަށާ، އޭގެ ސަބަބުން ލޮލަށް ބޭނުންވާ ފަރުވާ ނުލިބި، ފެނުމަށް ބޮޑު އަސަރެއް ކުރާ ކަމަށްވެސް ޑޮކްޓަރުން ވަނީ ފާހަގަކޮށްފައެވެ.

  1. ބަހީސޭބޯން

    ޗަކޮއިމެން ލޯކުދިކަމުން ބޭބެމެންގެ ލޯ ޗަނުފެންނަނީ

  2. އަލީ ވަހީދު

    ތިސިޓ ދިވެހ ކިތައްމީހުންކިޔާނެބ ބަލާނެބ ޢަމަލުކުރާނެބ އަދ ރަށްްޔިތުންް ހޭލުންތެރ ކުރުވުމަށްޓަކައ ސަރުކާރުނ ކުރާނެކަމެއ އޮންނާނެބާ