ޚަބަރު

އެންމެންވެސް ޕްލާސްޓިކަށް ނޫނެކޭ ބުނުމަށް ރައީީސްގެ އިލްތިމާސެއް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެންމެ ތުއްތު ކުއްޖާއިން ފެށިގެން އެންމެ ދޮށީ ޢުމުރުގެ މީހާއާ ހަމައަށް ވެސް ޕްލާސްޓިކަށް ނޫނެކޭ ބުނަންޖެހޭ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް މިފަދައިން ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި ޚިތާބުގައެވެ.

އެ ޚިތާބުގައި ރައީސް ވިދާޅުވީ މޫދަށް އެރި، ހިތް އުފާކޮށްލަން ގޮސް އުޅޭ ގޮނޑުދޮށްތައް، ޕްލާސްޓިކްގެ އުފެއްދުންތަކުން ތަޣައްޔަރުވިޔަ ނުދިނުމަކީ އަޒުމަކަށް ހަދަންޖެހޭ ކަމަށެވެ.

ކާނާގެ ރައްކާތެރިކަމާ ގުޅިފައިވާ މަސްކަނޑުތަކާއި ފަޅުތަކާއި ފަރުތައް، ޕްލާސްޓިކުން ތަޣައްޔަރުވިޔަ ނުދިނުމަށް މަސައްކަތް ކުރުމަކީ ކޮންމެ މީހެއްގެ ޒިންމާއެއްކަން ފާހަގަކުރައްވައި، ރައީސް ވަނީ، މިކަންކަން ކުރެވޭނީ ދިރިއުޅުމުގެ އެންމެހައި އާދަތައް، ތިމާވެށްޓާ ރަޙުމަތްތެރި ގޮތްތަކަށް ބަދަލުކޮށްގެން ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ ތެރެއިން އެންމެ ތުއްތު ކުއްޖާއިން ފެށިގެން އެންމެ ދޮށީ ޢުމުރުގެ މީހާއަކީވެސް، ޕްލާސްޓިކަށް ނޫނެކޭ ބުނާ މީހެއްކަމަށް ވެގެންނެވެ. ވަކިން ޚާއްޞަކޮށް، އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލައިގެންނެވެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ ތިމާވެށްޓާއި ޤުދުރަތީ ނިޒާމްތަކަށް އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ލިބެމުން ގެއްލުން ލިބެމުން އަންނަ ކަމަށާއި، ބިމުގެ ޤުދުރަތީ ސިފަތަކަށާއި އޭގެ މާޙައުލީ ނިޒާމަށް، އިންސާނީ ތާރީޚުގައިވެސް ނުލިބޭ ފަދަ ގެއްލުންތަކެއް މިހާރު ލިބެމުންދާ ކަމަށެވެ.

އަދި ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި މިއަދު ޢަމަލީ މަސައްކަތްތަކެއް ނުކޮށްފި ނަމަ، މާދަމާގެ ޖީލަށް އިރު ފެނުން ތޮޅިލާއިރު ވަގުތު ފާއިތުވެ، މި ބިމަކީ އިންސާނީ ދަރިފަސްކޮޅު ވަޒަންވެރިވެ އުޅުމަށް ނުރައްކާތެރި ތަނަކަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

Ads by Allied Insurance
  1. އަލިހޮއްކޮ

    އެތެރެ ކުރާވަރު އެއްކޮށް ހުއްޓުވިވެސް ދާނެއެވެ. ހުޅުމާލޭގައި ހަދަމުން ދާވަރު 100ޕަރސަންޓް އިތެރުވެސް ވެއްޖެއެވެ. ކުރީގައި 10 މެޝިން ބަހައްޓައިގެން ހަދަމުން ދިޔަ ފެކްޓަރީގައި މިހާރު 25 އަށްވުރެން ގިނަ މެޝިން އެބަހުއްޓެވެ. މި ފެކްޓަރީގައި ހަދަމުންދާވަރު މޮނީޓަރ ކުރާނެ އަދި ކުރެވޭނެ ގޮތެއްވެސް ސަރުކާރުގެ ނެތެވެ. ފެކްޓަރީ ހުންނަނީ ބަޑޭރިގެއަށް ވުރެން ސެކިޔުރިޓީ ވަރުގަދަ ކޮށް ދިވެއްސަކަށް އެތެރެ ނުވެސް ފެންނާނެ ގޮތަށެވެ. އެތެރޭގައި ކޮތަޅު ހަދަން މެޝިންތައް ހިންގަން އެތިބެނީ ހުސް ބޭރު ލަންކާ މީހުންނެވެ. އެތަނުގައި މިކިޔަނުން ކޮތަޅު ހަދަމުން ދާކަން މިމީހުންނަށް ނުވެސް އެގެއެވެ. ނޫނީ އެނގޭކަމަށް ނުހެދެއެވެ. ތެދެކެވެ. ކޮތަޅު ޑިޔުޓީ 400 ޕަރސަންޓަށް ބޮޑުކޮށް، ފޫޓަކަށް ވުރެން ކުދި ކޮތަޅާއި، ވަކި ބޯމިނެއްގެ ކޮތަޅު އެތެރެކުރުން މަނާ ކުރީމާަ އެތެރެކުރުން ހުއްޓުވޭނެއެވެ. އެކަމަކު ކޮތަޅު ހެދުމަށް ބަެނުންކުރާ ރޯމެޓީރިއަލް، އެޗްޑީޕީއީ އާއި އެލްޑީޕީއީ ޑިޔުޓީ ހުރީ 25% ގައެވެ.