ޚަބަރު

ރައީސް ޔާމީން ސަރުކާރުން ވަނީ ސޯޝަލް ހައުސިން ބޭނުންވާ 70 ޕަސެންޓު މީހުންނަށް ފްލެޓް އަޅާ ދީފައި: މުއިއްޒު

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ސޯޝަލް ހައުސިންގ ބޭނުންވާ 70 ޕަސެންޓު މީހުންނަށް ފްލެޓް އަޅައިދީފައި ކަމަށް އެ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ސަރުކާރުން ކުރިޔަށް ގެންދާ ބޯހިޔާވަހިކަމާ ގުޅުންހުރި ބައެއް މަޝްރޫއުތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވާފައެވެ.

އެގޮތުން މިނިސްޓަރު އަސްލަމް ވިދާޅުވީ މިހާރު މާލެ ސަރަހައްދުގައި 13،070 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އޭގެ ތެރެއިން 6،720 ޔުނިޓަކީ ކުރީގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފެށި ހިޔާ މަޝްރޫއުގެ ފްލެޓްތައް ކަން އަސްލަމް ފާހަގަ ކުރެއްވިއެވެ.

މިކަމާ ގުޅިގެން މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރުން މިއަދު ހާމަކުރި މައުލޫމާތަށް ބުރަވާނަމަ، މާލޭގައި ސޯސަލް ހައުސިން ބޭނުންވާ ފަރާތްތަކުގެ 70 ޕަސެންޓަށް ބޭނުންވާ ވަރަށް ފްލެޓު އަޅަން ރައީސް ޔާމީންގެ ސަރުކާރުގައި ފައްޓަވާފައިވާކަން ރިޕޯޓުން އެނގޭ ކަމަށެވެ.

"މި ސަރުކާރުން އަލަށް ކުރާނެ މާ ބޮޑު ކަމެއް ނެތް. އެވަރުން ވެސް މިކަން ނުވެގެން މިއުޅެނީ ކީއްވެބާ؟" މުއިއްޒު ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވާ ގޮތުން މިސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ 10294 ހައުސިންގެ ޔުނިޓެއްގެ މަސައްކަތް މިހާތަނަށް އަދި ވަނީ ނުފެށިފަ އެވެ. އެކަމަކު އެ މަސައްކަތްތައް ފެށޭނެ ތާރީހާއި ނިމޭނެ ތާރީހުތައް އަސްލަމް ވަނީ ހާމަކުރައްވާފައެވެ.

Ads by HDC
  1. ސޮމެޮނެ

    ހޯޕް ހޯޕް !!!

  2. ޒަވާޖީ

    ތިހެން ބުންޔަސް މަށެއް ގަބޫލެއް ނުކުރާނަން.
    އަލަތު ކައިވެންޔާ އެކީ ފްލެޓް ދޭނަމޭ ބުނެގެން މީހަކާ އިނީ، ކުލި ދައްކާ ދައްކާ މަ މިޔޮތް ހުސްވަނީ…