ދީޕިކާގެ ކުރިން ރަންވީރު ލޯބީގެ ގޮތުން ގުޅުނު ބައެއް އަންހެނުން

ބޮލީވުޑްގެ ތަރިންނާއި، އެ ތަރިންގެ ލޯބީގެ ގުޅުންތަކަށް ގިނަ ބަޔަކު ސަމާލުކަން ދެއެވެ. އެ ތަރިން ތިބީ ސިންގަލްތޯ ނުވަތަ ނޫންތޯ އެނގެން ބޭނުންވެއެވެ.
އެކްޓަރު ރަންވީރް ސިންހް، ބަތަލާ ދީޕިކާ ޕަދުކޯން އާއި ކައިވެނި ކޮށްގެން އުޅޭއިރު، ރަންވީރުގެ ކުރީގެ ލޯބިވެރިންތައް މަދެއް ނޫނެވެ. އެގޮތުން ދީޕިކާގެ ކުރިން ވެސް ގިނަ އަންހެނުން އޭނާގެ ހަޔާތަށް އައިސްފައިވެއެވެ.
ބޭފިކްރޭގެ މަންޒަރެއް

އަހާނާ ޑިއޯލް
ރަންވީރާ ގުޅުން އޮތް ކަމަށް ވާހަކަ ދެކެވުނު އެކަކީ، ހެމާ މާލިނީ އަދި ދަރްމެންދްރާގެ ދަރިފުޅު އަހަނާ ޑިއޯލްއެވެ. އެ ދެމީހުންނަކީ ކޮލެޖު ދުވަސްވަރުގެ ލޯބިވެރިން ކަމަށް އަޑު ފެތުރުނެވެ.

އަނުޝްކާއާއި ރަންވީރް
އަނުޝްކާ އާއި ރަންވީރްގެ އޮންސްކްރީން ކެމިސްޓްރީ ގިނަ ބަޔަކަށް ކަމު ދިޔައިރު، މިއީ އެއްދުވަސްވަރުގެ އެންމެ ހިޓް ޖޯޑެވެ. އަސްލު ދިރިއުޅުމުގައި ވެސް، ދެ މީހުންގެ މެދުގައި ގުޅުމެއް އޮތް ކަމަށް ވެއެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި، އަނުޝްކާ އާއި ރަންވީރާ ދެމެދު ގުޅުމެއް އޮތްކަން ސާފެވެ. އަދި ދެ މީހުން ވަކިވީ، 2021 ހައި ހިސާބުގައެވެ.

ބޭފިކްރޭގެ މަންޒަރެއް
ފިލްމު "ބޭފިކްރޭ"ގެ ޓްރެއިލަރ ނުކުތް ދުވަސްކޮޅު، ރަންވީރް ސިންހް ވަނީ، އޭނާގެ މޮރޮކޯ ގާާލްފްރެންޑެއް ހުންނަ ކަމަށް ބުނެފައެވެ. ނަމަވެސް އެއީ ކާކު ކަމެއް މީޑިއާގައި އޮތީ ސިއްރެއްގެ ގޮތުގައެވެ.

ރަންވީރާއި ޕަރިނީތީ
ރަންވީރާއި ޕަރިނީތީގެ ގުޅުމެއް އޮތް ކަމަށްވެސް ވާހަކަ ދެކެވުނެވެ. މި ދެތަރިން އެ ދުވަސްވަރު، އެކުގައި ހީ ސަމާސާކޮށް އުޅުނު މަންޒަރު ފެނެއެވެ.

ރަންވީރާއި ދީޕިކާ
ދެން އޮތީ ދީޕިކާއެވެ. ކައިވެންޏާއި ހަމައަށް ވެސް މި ދެ ތަރިންގެ ގުޅުން އޮތީ ސިއްރު ކޮށްފައެވެ. ރަންވީރާއި ދީޕިކާ ކައިވެނި ކުރީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.