ދުނިޔެ

އަނދަގޮނޑި ޖެހިޔަސް ރާއްޖޭގެ މިސްރާބު ދެން ނުހުއްޓުވޭނެ: ރައީސް ނަޝީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަނދަގޮނޑި ޖެހިޔަސް ރާއްޖެ މިހާރު ދަތުރުކުރަން ފަށާފައިވާ މިސްރާބު ދެން ނުހުއްޓުވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ދެވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ކުޅުދުއްފުށީގައި އެކަށީގެންވާ އަދަދަކަށް ޕްރޮޖެކްޓްތައް ހިނގާފައި ނުވަނީ ލާމަރުކަޒުކޮށް މަސައްކަތްތައް ސިޓީ ކައުންސިލާ ހަވާލުކޮށްގެން އެ ކައުންސިލްތައް ލައްވާ މަސައްކަތްތައް ކުރުމަށް އަޒުމު ކަނޑަނޭޅުމުން ކަމަށެވެ.

ސަރުކާރުގެ ސިޔާސަތު އެއްގޮތަށް ނެތުމުން ކައުންސިލްތަކުން ބާރުތައް އަމިއްލަ އަށް އަތްމައްޗަށް ނަގާ ކަމަށާއި އެކަން ދެން ނުހުއްޓުވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ރާއްޖޭގެ މިސްރާބާއި ދިވެހިންގެ އުއްމީދުތައް އެއްވެސް ވެރިއަކަށް ވެސް އަދި ސަރުކާރަކަށް ވެސް ނުހުއްޓުވޭނެ ކަމަށް ވިދާޅުވި އެވެ.

"އަނދަގޮނޑި ވެސް ޖެހިދާނެ. ވަޒީފާ އިން ވެސް ކެނޑިދާނެ. ބިޑި ވެސް އެޅިދާނެ. ކޮންޓްރެކްޓް ވެސް ނުދީ ތިބެވިދާނެ. އެހެން ނަމަވެސް މި މިސްރާބު، މި އޮނޑި މިދާ މަގުގައި މި ދިވެހިރާއްޖެ ދަތުރުކުރާނެ." ނަޝީދު ވިދާޅުވި އެވެ.

ކުޅުދުއްފުށީ މޭޔަރާއި ޑެޕިއުޓީ މޭޔަރު އަދި ސިޓީގެ ކައުންސިލްގެ ހުރިހާ މެމްބަރުން ދާދިފަހުން ވަނީ ނަޝީދު އިސްވެ ހުރެ އުފައްދާ "ދަ ޑިމޮކްރެޓްސް" ޕާޓީ އަށް ސޮއިކޮށްފައެވެ.

އެކަމާ އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރުން ސަރުކާރު ހިންގާ ޕާޓީން ވަކިވެ މިސްރާބު ބަދަލުކުރީ ސަރުކާރުން ވައުދުވީ ޕްރޮޖެކްޓުތައް ބާރަށް ހިނގާތަން ނުފެންނާތީ ކަމަށާއި އެއީ ހިތްވަރު ގަދަ ފިޔަވަޅެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ވެރިކަން ކުރާ ޕާޓީން ވީއްލިގެން ތިޔަ ކުރައްވާން ތި އުޅުއްވަނީ ބޮޑު ކަމެއް. އަޅުގަނޑު ދަންނަވަނީ ބައްލަވާނެ ކަމެއް ނެތޭ މިއީ ބޮޑު މުހައްމަދުގެ ބޮޑު ތިލަދުންމައްޗޭ. ތިބޭފުޅުން އަބަދުވެސް އުޅުއްވާނީ ވެސް ކުރުއްވާނީ ވެސް ބޮޑެތި ކަންކަމޭ." ކައުންސިލް މެމްބަރުންގެ ނިންމުމަށް ތައުރީފް ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

Ads by HDC
  1. ބިރުބޮޑު

    ލާދީނީ ޤައުމަކަށް މިޤައުމު ނެހެދޭނެ ހަންޑިބޭދޭ ލާދީނީ ހަދަން އިނގިރޭސިވިލާތަށް

  2. ކޮންމެވެސް އެއްޗެކޭ ކިޔައިގެން ރައްޔިތުން ވާ ވައްދާނެ މިލުއްޗާ އަށް ހުރިހާކަމެއްް ހަމަޖެއްސުމަށް ސަރުކާރުން ފައިސާ އާއި ސެކިއުރިޓީދޭ މީނައަށް ކޮން ކަމެއް ރައްޔިތު މީހާ ހަނާވަނީ

  3. ރެއްކަބޭ

    ކުޅުދުއްފުށީ މޫސަބޭ ކިޔާ ބަތާހަރާމީއަކު ވަރަށް ނުބައި ރޯލުކުޅޭ. އޭނާގެ ދަރިންނަށް ބޮޑެތިމަގާތަޢް މިސަރުކާރުންވަނީ ދީފައި. އޭނާއަކީ އޭނާގެންގުޅު ވެރިމީހާ ދަވާލައިގެން އެތައްބިމެއްގަނެފައިވާ މީހެއް.

  4. ހާލުފޮޅި

    ކަލޯ ކާކުތޯ ކަލޭހައްޔަރުކުރަން އުޅެނީ ތިޔަ ތަޅާއަނގައިި މިހާރަކު އަގެއްނެތޭ މީހާގެ މަކަރުވެރިކަން ރައްޔަތުން ދަނޭ.
    ބޮޑުވަޒީރު ހިތުން.

  5. ާަަަިއައަސަ

    މީނާ ކީއްވެތަ މޑޕ ގައެހުންނަނީ

  6. ެައަބްދޫ

    ނަސީދު ޖެހެނީ ދަގަނޑު ކޮއްޓެއް ހަދާފަ ކަނޑިނަމަ މަތީ ރައީސްއޮފީސް ފެންނަ ހިސާބުގަ ބަހައްޓަން މަށަކީ ބޮޑުވަޒީރޭ ކިޔާ ގޮވާލަގޮވާލާ ހުރެދާނެ.

  7. އާދު

    ދިވެހިންނޭ މީނަޔާ މީނަގެ ލާދީނީ ބައިގަނޑު ގެކިބައިން މިންޖުވާކައް ނުވޭތޯ !!! އަދިވެސް ކަލޭމެން ނައް ނޭގެނީތޯ ނޫނީ ޖާހިލީތޯ؟؟؟

  8. ނަސްރު

    އިސްލާމް ދީނަށް ނަސްރު ދޭ މިސްރާބެއް ކަމުގައިވަނީ ނަމަ ދުޢާ އަކީ ނުހުއްޓި ކުރިޔަށް ދިޔުމެވެ. އިސްލާމް ދީނާ އިދިކޮޅު މިސްރާބެއް ނަމަ ތިޔަ މަސައްކަތުގައި ހިމެނޭ އެންމެން ބަލިކަށި ބަލިކަށި ކުރައްވައި މަސްރާބު ބަދަލު ކުރައްނދޭވެ! ޔާﷲ