ޚަބަރު

މާލޭގެ އެއްވެސް އާއްމުތަނެއް ވަކި ކަމަކަށް ކަނޑައަޅާ ކުއްޔަށް ދެވޭނީ މުޅި ކައުންސިލުން ފާސްކޮށްގެން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޝަހީދު ހުސެއިން އާދަމް ބިލްޑިންގ -- ދެން އިމޭޖްސް/އިބްރާޙީމް ޝަމްވީލް

މާލޭގެ އެއްވެސް ހުސް ޖާގައެއް، މަގެއް، މައިޒާނެއް، ޕާކެއް، ބިމެއް ވަކި ކަމަކަށް ކަނޑައަޅާ, ކުއްޔަށް ދެވޭނީ މުޅި ކައުންސިލުން ފާސްކޮށްގެން ކަމަށް ކަނޑައަޅައިފިއެވެ.

Ads by Hajj Corporation

މިއަދުގެ ކައުންސިލް ޖަލްސާގައި ފާސްކުރެވުނު މި ބަދަލު ހުށަހަޅާފައިވަނީ, ލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސައިފްް ފާތިހާއި, ގަލޮޅު ހުޅަނގު ދާއިރާގެ މެންބަރު ނާޒިމާ މުހައްމަދު ފާއިޒް, އަދި ގަލޮޅު މެދު ދާއިރާގެ ކައުންްސިލަރު ރީހާން ނާޒިމްއެވެ.

އެއިސްލާޙްގައި ބުނެފައިވަނީ މާލޭގެ އެއްވެސް އާއްމުތަނެއް, ވިޔަފާރިއަށް އެކަށައަޅައި، ކުއްޔަށް ދޫކުރުމާއި، އެތަންތަނަށް ބަދަލުގެނެސް، ތަރައްޤީކުރުމާއި، އެތަންތަނާ ގުޅޭގޮތުން ލިބޭ ޕްރޮޕޯޒަލް ވިލަރެސްކޮށް، ފަހުބަސް ބުނެ، ގޮތް ނިންމުމުގެ އިޚްތިޔާރު ކައުންސިލްގެ ވަކި ކޮމިޓީއަކަށް ނުލިބޭ ކަމަށެވެ. އަދި އެފަދަ ކަމެއް ނިންމޭނީ މާލޭ ސިޓީ ކައުންސިލްގެ ޢާންމު ރަސްމީ ޖަލްސާއަކުން ވޯޓުލާ ފާސްކޮށްގެން ކަމަށް މިއަދު ފާސްކުރެވުނެވެ.

މީގެ ކުރިން އަމަލު ކުރަމުން ދިޔަ ގޮތަކީ, ސިޓީ ކައުންސިލުގެ ކޮމެޓީއަކުން ފާސްކޮށްގެން އެފަދަ ބަދަލުތައް ގެނެވެއެވެ.

ބަދަލު ގެނައުމަށް ހުށަހެޅި ލިޔުމުގައި ބުނެފައިވަނީ އެގޮތަށް އެކަން ކުރުމުން ކޮރަޕްޝަނަށް މަގުފަހިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!