މަދިރިން ރައްކާތެރިވުމަށް އާބަންކޯއިން ހުޅުމާލެ ފޮގްކުރަނީ

މަދިރިން ރައްކާތެރިވުމަށް އާބަންކޯއިން ކޮންމެ ދުވަހަކު ދެފަހަރު ހުޅުމާލެ ފޮގް ކުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
އާބަންކޯއިން ބުނީ، ކޮންމެ އަހަރެއްގެ ޖޫން ޖުލައިގެ ވިއްސާރައާ ވިދިގެން ޑެންގޫ ބަލި ޖެހޭ މިންވަރު އިތުރުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން އެޗްޕީއޭއާއި އެކު މަޝްވަރާ ކޮށް، މަދިރި ނައްތާލައި ޑެންގޫ ހުމުން ރައްކާތެރިވުމަށް ކޮންމެ ދުވަހަކު ދެ އިރު މުޅި ހުޅުމާލެ ފޮގް ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަށް އާބަންކޯއިން ބުންޏެވެ.
އާބަންކޯއިން ބުނީ ފޮގް ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކު ދެ އިރަށް ކަމަށެވެ.