ދީން

ޙައްޖުމަހުގެ މަތިވެރި ދުވަސްތަކުގެ ބޭނުން ހިފުމަށް ނުބައިކަންކަމުން ދުރުހެލިވުމަކީ ވަރަށް މުހިންމު ކަމެއް: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ޙައްޖުމަހުގެ މަތިވެރި ދުވަސްތަކުގެ ބޭނުމް ހިފުމަށް ނުބައިކަންކަމުން ދުރުހެލިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެެ.

Ads by STELCO

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ"ޙައްޖުގެ މަތިވެރި އަޅުކަން "މިއެވެ.

ޚުތުބާގައި ބުނެފައިވަނީ ހެޔޮކަމަކީ މީހާއަށް ﷲގެ ރަހުމަތާއި ނިއުމަތްތައް ލިބުމުގެ ސަބަބު ކަމުގައި ދަންނަން ޖެހޭ ކަމަށެވެ. އަދި ފާފަތަކަށް އަރައިގަތުމަކީ ﷲގެ ރަހުމަތުން ދުރުކުރެވި ނިޢުމަތްތަކުން މަޙްރޫމް ވެދާނެ ސަބަބެއް ކަމުގައި ދަންނަން ޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ. 

މި ދުވަސްތަކަކީ ދުނިޔެއަށް އަންނަ އެންމެ ހެޔޮ ދުވަސްތަކަކަށް ވުމުގެ ސަބަބެއް ކަމުގައި އިލްމުވެރިން ބަޔާންކުރައްވާފައިވަނީ އެންމެ މަތިވެރި ހެޔޮ ޢަމްލުތައް މި ދުވަސްވަރު ޖަމާވެގެންދާނެތީ ކަމަށް ހުތުބާގައި ބުންޏެވެ.

އެހެންކަމުން ހެޔޮ އަމަލު ކުރުމުގައި ޝާމިލުވުމަށް އިސްކަން ދެއްވުމަށް އަވަސްވެގަތުމަށް ހުތުބާގައި ބުނެފައިވެއެވެ. މި ދުވަސްވަރު ތަސްބީހަ ކިޔުމާއި ތަކްބީރު ކިޔުމާއި މާތްﷲ ހަނދުމަ ކުރުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!