އީވާގެ މެސެެޖެއް ޒުވާނުންނަށް: ހެޔޮނުވާނެ ވޯޓު ލާތި!
ކުރިތަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓް ލާނެ ވަކި މީހަކު ނެތް ކަމަށްބުނެ ވޯޓް ލާން ނުނިކުތުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އީވާ މިހެން ވިދާޅުވީ, ވިދާޅުވީ "ޕްރެކްޓިސް ޕާލަމެންޓް ފޯ ޔޫތް 2023" ގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
“ވަރަށް ބޮޑަށް އަޑު އިވޭ ވާހަކައެއް ވޯޓް ލާނެ މީހަކު ނެތޭ ބުނާ, އަޅުގަނޑު މިއަދު މިހުރީ ވަކި މީހަކަށް ވޯޓްލާށޭ ބުނާކަށް ނޫން. ވޯޓްލެވޭ މީހާ ހެޔޮ ނުވާނޭ ވޯޓްލައްޗޭ. ވޯޓްލެވޭ ކުއްޖާ ވޯޓްލައްޗޭ. އަދި ވޯޓްލެވޭ އެހެން މީހުން ކައިރީ ވެސް ވޯޓްލާން ބުނައްޗޭ.“ އީވާ ވިދާޅުވީ ވޯޓުލައިގެން އެންމެ ބޭނުންވާ ގޮތް ފަހަރެއްގައި ނުވެދާނެ ކަމަށާއި ނަމަވެސް އެންމެ ބޭނުން ނުވާ ގޮތާ ދުރަށްދާން ވެސް ވޯޓު ލާން ވާނެ ކަމަށެވެ.
ވޯޓު ނުލީމަ އޭގެ މާނަކީ، ޑިފެކްޓްކޮށް އަނެއް މީހާއަށޭ ތިޔަ ކުދިންގެ ވޯޓު އެ ލައިދޭނީ. އަނެއް މީހާ އަތަށް އެ ދޫކޮށްލެވެނީ، ފަސް އަހަރަށް ވަރަށް ބޮޑު ބާރެއް.
އީވާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, ޒުވާނުން ސިޔާސީ ކަންކަމަށް ޝައުޤު ނުހުންނަ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށާއި, މިހާރުގެ ޒުވާނުންނަށް ވުރެ ސިޔާސީ ގޮތުން ހަރަކާތްތެެރި ޒުވާން ޖީލެއް އަދި ނުފެންނަ ކަމަށެވެ. މީސްމީޑިއާގައި ޒުވާނުން ފާޅު ކުރާ ޝުއޫރުތައް މިކަމަށް ހެކި ވާހަކަށް ވިދާޅުވިއެވެ
ޙަަހަަ. އީވާ ކަހަލަ މުނާފިގުންނަކަށް އަހަރުމެން ޒުވާނުންގެ ވޯޓެއް ނުލިބޭނެ.