ޚަބަރު

ބަކަރިއެމްވީ މޫލީ އާއި ގުޅިގެން ޢަޤީޤާ، އުލްޙިއްޔާ އަދި ފިދްޔާ އޮންލައިންކޮށް ހަދިޔާ ކުރެވޭނެ ގޮތް ހަމަޖައްސައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގައި އެންމެ ބޮޑު އޮންލައިން މާކެޓްޕްލޭސް ކަމަށްވާ މޫލީ އިން ޢަޤީޤާ، އުލްޙިއްޔާ އަދި ފިދްޔާ ދިނުމަށް އެހީތެރިކަން ފޯރުކޮށްދޭ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ބަކަރި.އެމްވީ އާއި މިއަދު ގުޅިގެން އޮންލައިންކޮށް އެ ހިދުމަތަށް އޯޑަރ ކުރެވޭނެ ގޮތް އުރީދޫން ފަހިކޮށްދީފިއެވެ.

Ads by STELCO

މި ޕާޓްނަރޝިޕާއެކު މޫލީ މެދުވެރިކޮށް ބަކަރިއެމްވީ ގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޤުރުބާނީގެ އުލްޙިއްޔާ، އަޤީޤާ ނުވަތަ ފިދްޔާ އަށް އޯޑަރުކޮށް ހަދިޔާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މޫލީއަށް އޯޑަރު ދިނުމުން ބަކަރި ކަތިލުމާއި، ޕެކްކުރުމާއި، ހަދިޔާކުރުމުގެ ހުރިހާ ކަމެއް ބަލަހައްޓާނީ ކަސްޓަމަރުގެ އެދުމާ އެއްގޮތަށް ބަކަރި.އެމްވީ އިންނެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބިކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ވެސް، ކޮންމެ ވަގުތެއްގައި ވެސް ފަސޭހަކަމާއެކުހުރިހާ ހިދުމަތްތަކެއްވެސް ލިބުން. އެގޮތުން ބަކަރި.އެމްވީ އާއި ގުޅިގެން މިހާރު ޢީދާއި ގުޅުވައިގެން، ނުވަތަ ނަން ކިޔުމުގެ އިތުރުން ފިދްޔަ ދިނުމަށްވެސް ގުރުބާނީގެ ހަދިޔާކުރުންވެސް މޫލީ މެދުވެރިކޮށް އެތައްތަނެއް ފަސޭހަވެގެންދާނެ. މޫލީ މެދުވެރިކޮށް އޯޑަރ ޖައްސަވާލެއްވުމުން ބަކަރި.އެމްވީ އިން ކަސްޓަމަރުން ބޭނުން ވާ ގޮތައް ޕެކް ކޮށް ބޭނުންވާ އެޑްރެސްއަކަށް ޑެލިވަރ ކުރުމުގެ ޙިދުމަތްވެސް ލިބިގެންދާނެ. ހާއްސަކޮށްސަރަޙައްދުތަކުގެ ރައްޔިތުންނަށް ހަދިޔާކުރަން މަސައްކަތް ކުރާއިރު ދިމާވާލޮޖިސްޓިކް ގޮންޖެހުންތައް ލުއިވެގެންދާނެ." އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

ބަކަރި.އެމްވީ ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޖަދީދް އަހުމަދު ވިދާޅުވީ  އަމާޒަކީ ޢަޤީޤާ، އުލްޙިއްޔާ ފަދަ ދީނީ ވާޖިބުތައް އަދާކުރުމުގެމަގު ފަހިކޮށްދީ، ބޭނުންޖެހިފައިވާ މީހުންނަށް އިތުބާރުކުރެވޭ، ދެފުށް ފެންނަ ގޮތަކަށް މި ޙިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. 

“ މޫލީއާ ގުޅިގެން އޮންލައިންކޮށް އޯޑަރު ކުރުން ފަހި ކޮށް، އެންމެ ބޭނުންޖެހޭ ފަރާތްތަކަށް މި ސަދަގާތް ފޯރުކޮށްދީ، ސަދަގާތް ކުރުމުގެ އަސާސްތައްއިތުރަށް ޕްރޮމޯޓްވެގެންދާނެ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް”ޖަދީދް ވިދާޅުވިއެވެ. 

މޫލީ މެދުވެރިކޮށް ބަކަރި.އެމްވީ ގެ ހިދުމަތްތަކަށް އޯޑަރ ކުރާނެ ގޮތް:

1. https://mool.ee/bakarimv ޒިޔާރަތްކުރުއްވާ
2. ހަދިޔާ ކުރަން ބޭނުންވާ މަހުގެ ބާވަތް އިޚްތިޔާރު ކުރައްވާ
3. ސްޕެޝަލް އިންސްޓްރަކްޝަން ގޮޅީގައި ޑެލިވަރީ ކުރަން ބޭނުންވާ އެޑްރެސް ބަޔާންކުރައްވާ
4. އޯޑަރު ކަށަވަރު ކުރުމަށް ފައިސާ ދައްކަވާ

ބަކަރިއެމްވީ އިން އެކި ގައުމުތަކުން ލިބޭ ތަފާތު މަހުގެ ބާވަތް ކަސްޓަމަރުންނަށް ފޯރުކޮށްދޭ އިރު މި މައުލޫމާތު ކަސްޓަމަރުންނަށް މޫލީ މެދުވެރިކޮށް ފެންނަން ހުންނާނެއެވެ. މޫލީ މެދުވެރިކޮށް ސަދަގާތް ކުރުމަށް އޯޑަރކުރާ ކަސްޓަމަރުންނަށް ހިލޭ ޑެލިވަރީ ކުރުމުގެ ފައިދާ ލިބި، ލޮޖިސްޓިކްސް ހަރަދުތައް ކަސްޓަމަރުން އުފުލަން ނުޖެހުމަކީ އެފަރާތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ލުޔެކެވެ.

ކަސްޓަމަރުން ގެ ސަދަގާތް، އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ކަސްޓަމަރުންގެ ނަމުގައި ބަކަރިއެމްވީ އިން ފުރިހަމަ ކޮށްދޭއިރު، ވަކި ބަޔަކަށް ހަދިޔާ ކުރުމަށް ނުވަތަ އަމިއްލަފުޅަށް ޑެލިވަރ ކުރައްވަން ބޭނުންވާ ނަމަ އެ ގޮތައްވެސް މި ހިދުމަތް ހަމަޖައްސާދެވޭނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!