ޚަބަރު ޝަރުޢީ ދާއިރާ

ނާޒިމްގެ މެމްބަރުކަން ގެއްލުނު މައްސަލައިގައި ބަދަލު ހޯދަން ދައުވާ ކުރެވޭނެ: ސުޕްރީމް ކޯޓު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް

އަހރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް އުމުރަށް ޖަލަށް ހުކުމް ކުރުމާއި ގުޅިގެން އޭނާގެ މެމްބަރުކަން ގެއްލުނު މައްސަލައިގައި ބަދަލު ހޯދަން އޭނާއަށް ދައުވާ ކުރެވޭނެކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

Ads by Sosun Fihaara

2015 ވަނަ އަހަރު ނާޒިމް ޖަލަށް ހުކުމް ކުރީ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއް ސާބިތުވެގެންނެވެ. އެ ހުކުމް ކުރިއިރު އޭނާ ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑި ތަމްސީލު ކުރައްވަމުންނެވެ. އެހުކުމް އިސްތިއުނާފު ކުރަން ހުށަހެޅި މައްސަލަ ނިމި ނާޒިމް މިނިވަން ވީ 2018 ވަނަ އަހަރެވެ.

މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ކުރިއަށް އޮތް 14 ދުވަސް ތެރޭގައި ގެއްލުމުގެ ބަދަލު ހޯދަން ނާޒިމް ހުށަހަޅައިފިނަމަ މައްސަލަ ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭނެ ކަމަށެވެ.

މީގެ ކުރިން ބަދަލު ހޯދަން ނާޒިމް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެކޯޓުން ނިންމީ އެ މައްސަލަ ބެލުމުގެ އިހްތިސާސް ކޯޓަށް ލިބިގެން ނުވާ ކަމަށެވެ.

ނާޒިމު ބަދަލު ހޯދަން ކުރާ ދައުވާގައި އެދިފައިވަނީ އޭނާ މެންބަރުކަމުގައި ހުންނަވަނިކޮށް ގޮނޑި ގެއްލުމުން އޭރު ލިބުނު މެންބަރު ކަމުގެ މުސާރައާއި އިނާޔަތްތަކާއި އަދި އޭނާ ބަންދުކުރުމުން ލިބިފައިވާ އެހެން ގެއްލުންތަކަށްވެސް ބަދަލު ހޯދުމަށެވެ.

ނާޒިމް ޖަލަށް ހުކުމް ނުކުރިނަމަ އޭނާގެ މެމްބަރުކަން 2019 ވަނަ އަހަރާއި ހަމައަށް ދެމި އޮންނާނެ އެވެ. އެހެންކަމުން 2015 ވަނަ އަހަރުން ފެށިގެނެ ހަތަރު އަހަރު ދުވަހަށްވާ މުސާރަ ނާޒިމަށް ބަދަލުގެ ގޮތުގައި ލިބެންޖެހޭނެ އެވެ. މީގެ އިތުރުން މަޖިލިސް ނައިބު ރައީސަށް ލިބޭ މުސާރައާއި އިނާޔަތްތައްވެސް ބަދަލުގެ ގޮތުގައި ހޯދަން އޭނާ ވަނީ އެދިފަ އެވެ.

Ads by Allied Insurance
  1. ޚޮސް

    ރަނގަޅެއްނު. 3 މީހުނނަށް. ދައުލަތް ދަވާލާ