ޚަބަރު އިޖުތިމާޢީ

ބޮޑު އީދު ބަންދުގައި ބޭންކު ހުޅުވާނީ އެންމެ ދުވަހަކު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

މިމަހު 22 ވަނަ ދުވަހު ފެށޭ އަޟްހާ އީދު ބަންދުގައި ބޭންކް އޮފް މޯލްޑިވްސް ހުޅުވާފައި ހުންނާނީ އެންމެ ދުވަހަކު ކަމަށް އެބޭންކުން ބުނެފި އެވެ.

Ads by STELCO

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ސަރުކާރު އޮފީސްތަކާއި ސްކޫލުތައް ބަންދު ވާނެ އެވެ. ދިގު ބަންދަކަށްފަހު ދެން އަލުން ސަރުކާރު އޮފީސްތައް ހުޅުވާނީ ޖުލައި ދެވަނަ ދުވަހެވެ.

ބީއެމްއެލްއިން ބުނީ އަޟްހާ އީދު ބަންދުގައި ބީއެމްއެލް. ހުޅުވާނީ 26 ޖޫންގެ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް ކަމަށެވެ.

އެދުވަހު ބޭންކުގެ ބްރާންޗު އޮފީސްތައް ހުޅުވި ނަމަވެސް އެހެން ދުވަސްތަކުގައިވެސް އެބޭންކުގެ ސެލްފް ސާވިސް ބޭންކިންގް ސެންޓަރުތައް މެދުވެރިކޮށް ހުރިހާ ހިދުމަތެއް ލިބޭނެ އެވެ.

ބޭންކުން އެދެނީ ބަންދު ދުވަސްތަކުގައި އިންޓަރނެޓް ބޭންކިންގ އަދި މޯބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުން ބޭންކިންގ ހިދުމަތް ހޯދުމަށެވެ.

މިއަހަރު އަޟްހާ އީދު ދިމާވަނީ ސްކޫލު ކުދިންގެވެސް އަހަރީ ޗުއްޓީ އާއެވެ. އެހެންކަމުން މިބަންދުގައި ގިނަ އާއިލާތަކުން ތަންތަނަށް ދަތުރު ކުރާނެކަމަށް ބެލެވެ އެވެ.

މިއަހަރުގެ އީދު ގިނަ ރަށްރަށުގައި ވަރަށް ކުލަ ގަދަކޮށް ބާއްވަން ތައްޔާރުވެފައިވާއިރު މާލޭ ސަރަަހައްދުގައި އެއްވެސް ހަރަކާތެއް އޮތްކަން އަދި އިއުލާނެއް ނުކުރެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!