ޕީޕީއެމާއެކު ދަ ޑިމޮކްރެޓްސްއިން މުޒާހަރާއަށް
އިދިކޮޅު ޕީޕީއެމާއެކު “ދަ ޑިމޮކްރެޓްސް” މުޒާހަރާއަށް ނިކުމެއްޖެއެވެ.
މުޒާހަރާގެ ބައިވެރިންގެ ތެރޭގަައި އިދިކޮޅު ޕީޕީއެމް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބުދުއްރަހީމް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު، ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަތީފު (ސެންބެ)ގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހިމެނެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މުޒާހަރާގެ ބައިވެރިން ހަރަކާތްތެރިވަމުން ދަނީ ޑިމޮކްރެޓްސް ހަރުގެ ސަރަހައްދުގައެވެ. އަދި ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
މި މުޒާހަރާ ފަށާފައިވަނީ ދަ ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީ ކުރުމަށް މިވަގުތަށް ހުއްދަ ދޫ ނުކުރުމަށް ނިންމުމާއި ގުޅިގެންނެވެ. އެގޮތަށް ނިންމާފައިވަނި މިރޭ އިލެކްޝަނުން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ހަތަރު މެންބަރުންގެ ތެރެއިން ދެ މެންބަރުން އެކަމާ ދެކޮޅު ހެއްދެވުމުންނެވެ.
އިލެކްޝަނުން ހުއްދަ ނުދިނުމާއި، ގުޅިގެން ޑިމޮކްރެޓްސް އިސްބޭފުޅުން ގެންދަވަނީ ސަރުކާރަށް ބަހުގެ ހޫނު ހަމަލާތަކެއް ދެމުންނެވެ.
ބަލަ ހައްޖު މަހުގެ ފުރަތަމަ ރޭގައި ރޭއަޅުކަން ތޯ މިކުރަނީ ސިޔާސީ ވިޔަސް ބޮޑުވަރު ސިޔާސީ އަކީ ތިމާ އުޅޭނެހާ ގޮތަކަށް އުޅުންތޯ، އަނެކާގެ ހައްޤު މަގުމަތީގެ ހައްޤު ކޮބައިތޯ ! ހަޅޭލަވާ ވަރުން ކުޑަކުދިންނަށް ނިދޭ ވަރެއް ނުވޭ ! މީތޯ ސިޔާސީ އަކީ !
ކަލޯގަޔާ ތީ އެއްކަލަ ކެނެރީގެ ގޮލާ ކަމުނުދިޔަ މީހުން މިހާރު ހެޔޮ ޕީޕީ އެމް ކުދިންނައް ށާ ސަލަފް އަލީ ރަމީޒައް ވެސް