މަޖިލިސް ރައީސްކަމުން އިސްތިއުފާ ދިނުމަކީ ރާއްޖެއަށް ފައިދާހުރި ގޮތެއް ނޫން: ރައީސް ނަޝީދު
މަޖިލިސް ރައީސްކަމުން އިސްތިއުފާ ދިނުމަކީ ރާއްޖެއަށް ފައިދާހުރި ގޮތެއް ނޫން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސްކަމުން މިވަގުތު އިސްތިއުފާ ދިނުމަކީ ދިވެހިރާއްޖެއަށް ވެސް އަދި ސިޔާސީ ޕާޓީތަކަށް ވެސް ރަނގަޅު ކަމެއް ނޫން ކަމަށެވެ.
“އަޅުގަނޑު މިވަގުތު އިސްތިއުފާ ދިނުމަކީ ދިވެހިރާއްޖެއަށް ވެސް ރަނގަޅު ކަމެއް ނޫން، ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ވެސް ރަނގަޅު ކަމެއް ނޫން. ރާއްޖޭގެ ރައްޔިތުން މަޖިލީހަށް ވެސް ރަނގަޅު ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ އެމަނިކުފާނު އެތައް ދުވަހެއް ވެންދެން އުޅުއްވި އަދި ރައީސްކަން ކުރައްވާ ޕާޓީކަމަށެވެ. ނަމަވެސް އެމްޑީޕީގައި އޮތް ޑިމޮކްރަޓިކް ހަމަތަކާއި، އުސޫލުތައް މުގުރާލައި، މުޅި އެމްޑީޕީގެ ފަލްސަފާ ބޮލާލައި ޖަހާފައިވާކަމަށެވެ.
އަދި ސިޔާސީ ޕާޓީއެއް ހެދުމުގައި ތަރުހީބު ދިނުން ނޫން ކަމެއް ކޮށްގެން ނުވާނެ ކަަމަށާއި އެމަނިކުފާނުގެ މުޅި ހަޔާތް ހޭދަ ކުރެއްވީ އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ތެރޭގައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެކަން ރައީސް ޞާލިޙަށް އެގިވަޑައިގަންވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އަންނިސޮރު މަޤާމުން ދުރުކުރެވިގެން ގައުމަށް ޚަރަދު ކުޑަވެ މަގުތަކާއި ގޯޅިތަށް ހުޅުވިގެންދާނީ ވަރަށް ވަރަށް ސާފް
ރައްޔިތުންނަށް ފައިދާހުރި ގޮތަށްބާ މި ކަންކަން ކުރެވެނީ؟
ތީ މި ގައުމަށް ހުރި ވަރަށް ބޮޑު އުނދަގުލެއްގެ ގޮތުގަ ގިނަ ބަޔަކު ބުނޭ.
ވަރަށް އަންޑިމޮކްރެޓިކް ވާހަކައެއް. ޚުދުމުޚްތާރު ވުން މިއީ. މުގާބޭ ވެސް ބުނަމުން އައީ މިހެން. ތިމަންނަ ވެރިކަމުގަ ނުހުރެއްޖެ ނަމަ ޤައުމުގެ ސަލާމަތާއި އިސްތިޤްލާލެއް ނުދެމެހެއްޓޭނެ އޭ.