އެމްޑީޕީއަށް ރައީސް ޞާލިޙް ކާމިޔާބު ކޮށްދެވޭނެ އެއްގޮތެއް ވެސް ނޯންނާނެ: ރައީސް ނަޝީދު
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރަައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަލިވާނެ ކަމަށާއި އަދި އެމްޑީޕީ އަނބުރާ ހޯއްދަވާނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިޙް ކާމިޔާބު ކޮށްދެވޭނެ އެއްގޮތެއް ވެސް ނޯންނާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބަށް ފަހު އެމްޑީޕީގެ ކޮންޓްރޯލް ރައީސް ޞާލިޙަށް ނޯންނާނެ ކަމަށެވެ. އަދި ޑިމޮކްރެޓްސް ޕާޓީއަށް ވަޑައިނުގެން އެމްޑީޕީގައި މަޑުކޮށްގެން ހުންނެވީ އެ ޕާޓީ އަތުލުމުގެ ބޭނުމުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
“އެމްޑީޕީގައި އަޅުގަނޑު މި ހުންނާނީ ސީދާ މި ދެންނެވި ނިޔަތުގައި. އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް ވެސް އެނގިވަޑައިގަންނަވަންޖެހޭ މިކަން” ރައީސް ނަޝީދު ވިދާޅުވިއެވެ.
ކުރިން އެމްޑީޕީއަކީ ލާދީނީ ތަނބެވެ. އެޕާޓީގަ ތިބި ލާދީނީ އެންމެން މިހާރު އެޕާޓީން ވަކިވެ ރެޓްޕާޓީއަށް ވަންނަނީއެވެ. މުނާފިގު ނަޝީދެވެ. ރައީސް ޔާމީނު އެދުވަހު ބުންޏެއްނު! މިރާއްޖޭގާ އޮންނާނީ ހަމައެކަނި އިސްލާމްދީނެވެ. ދީނުގެ މިނިވަންކަމޭ ކިޔައި އެހެން ދީންތަކުގެ ޝިއާރެއް މިބިމަކު ފާޅެއް ނުކުރެވޭނެއެވެ
ނަޝީދެވެ. ލާދީނީ ފިކުރުން އެމްޑީޕީ ތާހިރުކުރަން ވެއްޖެއެވެ. ކަލޭވެސް އެމްޑީޕީ ދޫކޮށް ދާށެވެ!
ބަލަ މިކަލޭގެ ސެކިއުރިޓީ ބޭނުންވެގެން ޖައްސާހާ ސްޓަންޓް. ބޮމޭ ކިޔާފަ ފަޓާސް ގޮއްވީވެސް އަމިއްލައަށް. އަދި ފަޅާއަރާނެ
ޑިމޮކުރަސީގެބައްޕަތިޔަޢުޅުޢްވާގޮތްފެނިފާލަދުންބޯހަލާކު