އީދު ބަންދުގައި ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ: މެޓް އޮފީސް

ކުރިއަށް މިއޮތް އީދު ބަންދުތެރޭ ރާއްޖޭގެ އެކި ހިސާބަށް މޫސުންގޯސްވެ، ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މެޓް އޮފީހުން ވިދާޅުވީ، ޢީދު ބަންދުގެ ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވެ ވައިވެސް ގަދަވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ވިދާޅުވީ ވިދާޅުވީ މިމަހުގެ 30ގެ ފަހުން މޫސުން ވަރަށް ރަނގަޅުވެގެންދާނެ ކަމަަށެވެ.
މިއަހަރުގެ ޙައްޖު ދުވަހަކީ މިމަހުގެ 27 ވަނަ ދުވަހެވެ. ކަލަންޑަރުގައިވާ ގޮތުގައި މިއަހަރުގެ ބޮޑު އީދު ވަނީ މިމަހުގެ 28 ވަނަ ދުވަހަށެވެ. ޢީދު ބަންދާއި ގުޅިގެން މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް ސަރުކާރު ބަންދެވެ.