ޚަބަރު

ޢީދު ބަންދު ތެރޭ އާއިލާއާއި ރައްޓެހިންނާ ގުޅާލުމަށް އުރީދޫ ބޮޑު ޗުއްޓީ ޕެކް: އެންމެ 150ރ އަށް 100 ޖީބީ ޑޭޓާ!

ރައުފާ ރަޝީދު ، ދެން އޮންލައިން

އުރީދޫއިން އީދަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް ފަށައިފިއެވެ.

Ads by Sosun Fihaara

އުރީދޫ އިން އީދު ޗުއްޓީއަށް ހާއްސަކޮށް ތައާރަފްކުރި "ބޮޑު ޗުއްޓީ ޕެކް" އަކީ 150ރުފިޔާ އަށް 100 ޖީބީ ޑޭޓާ، ފަސް ދުވަހަށް ލިބޭ އޮފާއެކެވެ. މި އޮފާ އެސްއެމްއެސް، ޔޫއެސްއެސްޑީ މެނޫ، އުރީދޫ އެޕް އަދި ކުއިކްޕޭ ފަދަ ޗެނަލްތަކުން އެކްޓިވޭޓް ކުރެވޭނެއެވެ.

މީގެ އިތުރުން ސުޕަނެޓް، ފަސޭހަ އަދި 5ޖީ އެއާފައިބަ އަލަށް ނަގާ ކަސްޓަމަރުންނާއި އަޕްގްރޭޑު ކުރާ ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ވެސް އުރީދޫން ވަނީ ފަށާފައެވެ.

ޕްރޮމޯޝަނުގެ ދަށުން، އަންނަ މަހުގެ 31 ވަނަ ދުވަހުގެ ކުރިން އާ ސުޕަނެޓް ކަނެކްޝަނެއް، ފަސޭހަ ހޯމް ބްރޯޑްބޭންޑް ނުވަތަ ފަސޭހާ ޕްލަސްގެ އިތުރުން 5ޖީ އެއާފައިބާ އެކްޓިވޭޓް ކުރާ ކަސްޓަމަރުންގެ މެދުގައި ހާއްސަ ލަކީޑްރޯއެއް ނަގާނެއެވެ. އެ ލަކީޑްރޯއިން ހޮވޭ ތިން ކަސްޓަމަރަކަށް އައިފޯން 14 ޕްރޯއެއް ލިބޭނެއެވެ.

އަދި ސުޕަނެޓް ޕްލޭން އަޕްގްރޭޑް ކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ތިން ފަރާތަކަށް ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް، ވާވޭ ވޮޗް ބަޑްސް އަދި ސެމްސަންގް ގެލެކްސީ ބަޑްސް 2 ގްރެފައިޓް - އެސްއެމް-އާރް177 ފަދަ އަގުހުރި އިނާމުތަކެއް ލިބޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!