ޚަބަރު

ޕީޕީއެމް-ޕީއެންސީއާއި ޑިމޮކްރެޓްސް އެކުގައި މަސައްކަތް ކުރުމުގެ މަޝްވަރާަތައް ފަށަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނާއި، ރައީީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރާ ފަރާާތްތަކުން އުފައްދަން އުޅޭ އައު ސިޔާސީ ޕާޓީ، ދަ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ މަޝްވަރާތައް ފަށަން ތައްޔާރުވެއްޖެއެވެ.

Ads by MWSC

މިކަމާ ގުޅޭ ފުރަތަމަ ބައްދަލުވުން، މިއަދު 11:00ގައި އޮންނާނެއެވެ. އަދި ބައްދަލުވުމުގެ މަޢުލޫމާތު، 11:40ގައި ނޫސްވެރިންނާ ހިއްސާ ކުރާނެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި ޑިމޮކްރެޓްސް އެކުގައި މަސައްކަތް ކުރުމާ ގުޅޭ މަޝްވަރާތައް ފަށަން ނިންމިއިރު، މި ވެރިކަން ބަދަލު ކުރަން، ވާހަކަ ދައްކަން ޖެހުނު ކޮންމެ ބަޔަކާއި ވާހަކަ ދައްކަން އެ ކޯލިޝަނުގެ ލީޑަރު، ރައީސް ޔާމީން އަންގަވައިފައިވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ދާދި ފަހުން ވިދާޅުވިއެވެ.

ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވާ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ވެސް ވަނީ، މި ވެރިކަން ނިންމުމަށް އިއްތިހާދުވާން ޖެހުނު ކޮންމެ ބަޔަކާއިއެކުގައިވެސް، އިއްތިހާދު ވާނެ ކަމަށް ވިދާޅުވެފައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!