ޚަބަރު

އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ފުލުހުންގެ މައި މަރުކަޒު_ ފޮޓޯ/ ދެން އޮންލައިން

ވެރިރަށް މާލޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަދެއެވެ.

Ads by Hajj Corporation

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މަޖީދީ މަގުގައި، ރެޑްވޭވް ފިހާރަ ހިސާބުގައި ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. މި އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ، ފަތިހު 05:01 ހާއިރުއެވެ.

އެކްސިޑެންޓުގައި އަނިޔާ ލިބުނު އުމުރުން 50 އަހަރުގެ ފިރިހެންމީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، އެކްސިޑެންޓުވި ސައިކަލު ދުއްވަން ހުރި އުމުރުން 22 އަހަރުގެ ދިވެހި ފިރިހެންމީހާގެ ލައިސެންސެއް ނެތެވެ. އަދި މި މައްސަލަ ބަލަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

 

Ads by Allied Insurance
  1. ސައިކަލު ދުއްވަން “ހުރި” ؟؟؟؟؟؟