ރައީސް މައުމޫން އާއިލާއާއެކު ޢީދު ފާހަގަ ކުރަނީ އޮމަދޫގައި
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އީދު ޗުއްޓީ އދ. އޮމަދޫގައި ހޭދަކުރައްވަމުން އެބަ ގެންދަވައެވެ.
އާއިލާއާ އެކީ އެ ރަށަށް އިއްޔެ ޗުއްޓީ އަށް ވަޑައިގެން މިއަދުގެ އީދު ނަމާދުގައި ބައިވެރިވެވަޑައިގެން، މައުމޫން އާންމުންނާ ސަލާން ކުރައްވައި އީދު ތަހުނިޔާ ވެސް އޮމަދޫ ރައްޔިތުންނަށް ދެންނެވިއެވެ.
މައުމޫން ކުރެއްވި ޓްވީޓެއްގައި އެ ރަށަށް ވަޑައިގަތުމުން ރައްޔިތުން އާއިލާ އަށް ކީ މަރުހަބާއަށްޓަކައި ޝުކުރު ވެސް އަދާކުރައްވާފައިވެ އެވެ.
މައުމޫން އަރިހުގައި އޮމަދު އަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އަނބިކަނބަލުން ނަސްރީނާ އިބްރާހީމާއި ދަރިކަލުން ފާރިސް މައުމޫނާއި މި ސަރުކާރުގެ ހެރިޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޔުމްނާ މައުމޫން ހިމެނެއެވެ.
މައުމޫނު ހާދަ ސްމާޓޭދޯ އަދިވެސް.