ގޯތި ލިބުނު މީހުންގެ އުފަލުގައި ބައިވެރިވުމަށް މޫސަ ގޮވައިލައްވައިފި

ވެރިރަށް މާލޭގެ ރައްޔިތުންނަށް ގޯތި ލިބިފައިވާތީ އެކަމުގެ އުފަލުގައި އެންމެންވެސް ބައިވެރިވުމަށާއި، ފިތުނަ ނުއުފެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު(ރީކޯ މޫސަ) ގޮވައިލައްވައިފިއެވެ.
ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު ސަރުކާރުން ވަނީ އާއްމުކޮށްފައެވެ. އެއާއެކު، ލިސްޓުގައި ހުރި މައްސަލަތައް ފާހަގަކޮށް، ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.
މިކަމާ ގުޅިގެން، އެމްޑީޕީއާ ގުޅިވަޑައިގެންފައިވާ މޫސޒ ވިދާޅުވީ މިއީ ފިތުނަ އުފައްދަންވީ ވަގުތު ނޫންކަމަށެވެ.
މާލޭ ރައްޔިތުންނަށް ގޯތި ލިބޭނެކަމުގެ އުއްމީދު ލިބިފައި މިވަނީ 50 އަހަރު ފަހުންކަން ފާހަގަ ކުރައްވަމުން މޫސަ ވަނީ ފިތުނަ އުފެއްދުމުގެ ބަދަލުގައި މާލޭ މީހުންނަށް ލިބުނު އުފަލުގައި އެންމެންވެސް ބައިވެރިވުމަށް ގޮވައިލައްވައިފައެވެ.
“އެތައް ހާސްބަޔަކަށް ގޯތި ޔަޤީންވުމުން މާލޭމީހުންގެ މިއުފަލުގައި ބައވެރިވުމުގެ ބަދަލުގައި މަދުބައެއްގެ ފިތުނައިގެ ހުޅުގަނޑު ދިޔައީ ފަޅައިގެން،” މޫސަ ވިދާޅުވިއެވެ.
ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި، ގިނަ އަދަދެއްގެ ބިދޭސީންގެ ނަން ހިމެނިފައިވާއިރު، ހައުސިން މިނިސްޓްރީން ވަނީ، އެ ލިސްޓަކީ ވަގުތީ ލިސްޓެއްކަން ފާހަގަކުރައްވައިފައެވެ.
އެއްވެސް މީހަކަށް ގޯއްޗެއް ލިބިއްޖެތޯ!